ޕޫޖާ އަށް އެހީ ވާނެ ކަމުގެ ޔަގީންކަން ސަލްމާން ހާން ދީފި!

ސަލްމާން ހާން އާއި އެކު "ވީރްގަތީ" ކުޅުނު ބަތަލާ ޕޫޖާ ދަޑްވާލް އަށް އެހީވާނެ ކަމުގެ ޔަގީންކަން އޭނާ އަށް ދީފި އެވެ. ޓީބީ އާއި ފުއްޕާމެއަށް ބައްޔެއް ޖެހި ޕޫޖާ މުމްބާއީގެ ހޮސްޕިޓަލެއްގައި އެޑްމިޓް ކޮށްފ...

26 Mar 2018 | 03:53

ސަލްމާން ހާން އާއި އެކު "ވީރްގަތީ" ކުޅުނު ބަތަލާ ޕޫޖާ ދަޑްވާލް އަށް އެހީވާނެ ކަމުގެ ޔަގީންކަން އޭނާ އަށް ދީފި އެވެ.

ޓީބީ އާއި ފުއްޕާމެއަށް ބައްޔެއް ޖެހި ޕޫޖާ މުމްބާއީގެ ހޮސްޕިޓަލެއްގައި އެޑްމިޓް ކޮށްފައި އޮންނަ ކަމުގެ ރިޕޯޓު އިންޑިއާ މީޑިއާގައި ކުރީ މިދިޔަ ހަފްތާގައި އެވެ. އޭނާ މީޑިއާގައި ބުނެފައިވަނީ ބައްޔަށް ފަރުވާ ކުރާނެ ފައިސާ ނެތިގެން ހާލުގައި ޖެހިފައިވާ ކަމަށެވެ.

އެހެންވެ ސަލްމާން އާއި ގުޅަން މަސައްކަތް ކުރާ ކަމަށެވެ. އެކަމަކު ސަލްމާންއަށް އޭނާގެ މެސެޖު އަދިވެސް ނުދާ ކަމަށް އެ ދުވަހު ބުނެފައިވެ އެވެ.

މިކަމާ ގުޅޭގޮތުން މިހާރު ޕޫނޭގައި ފިލްމު ޝޫޓިން އެއްގައި ހުރި ސަލްމާން މީޑީއާގައި ބުނެފައިވަނީ އެ މެސެޖު މިހާރު އޭނާއަށް ލިބިފައިވާ ކަމަށާއި ސަލްމާންގެ ޓީމުން ޕޫޖާއަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އޭނާ ރަނގަޅުވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ސަލްމާން ބުންޏެވެ. އަދި ޕޫޖާގެ ހާލާއި މެދު ހިތާމަ ކުރާ ކަމަށް އޭނާ ބުންޏެވެ.

ޕޫޖާ އާއި އެކު ސަލްމާން ފެނިގެން ދިޔަ "ވީރްގަތީ" އަކީ 1995 ވަނަ އަހަރު ރިލީޒް ކުރި ފިލްމެކެވެ. މާގިނަ ފިލްމުތަކެއް ޕޫޖާ ކުޅެފައެއް ނުވެ އެވެ. އޭގެ ފަހުން އޭނާ ފެނިގެން ގޮސްފައިވަނީ ދެ ފިލްމަކުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް