ބަނޑު ނުކުތުމަކީ ހަމަ ކޮންމެ މީހުވެސް ވަރަށް ލަދު ގަންނަ ކަމެކެވެ. ބަނޑު ހިންދޭތޯ މީހަކު ބުނާ ހުރިހާ އެއްޗެއް ކައި، އެކި ކަސްރަތުތައް ކޮށް ހަދައެވެ.
ލަދުގަތުމުގެ އިތުރުން ބަނޑު ނުކުތުމަކީ ހަށިގަނޑަށް ވަރަށް ނުރައްކާތެރިކަން ބޮޑު ކަމެކެވެ. އިނގިރޭސިވިލާތުގެ ޕަބްލިކް ހެލްތުން ބުނާގޮތުގައި ބަނޑު ނުކުންނަ ނަމަ ހިތުގެ ބަލިތަކާއި ހަކުރު ބަލި ޖެހުމަށް ވަރަށް އަވަހަށް މަގުފަހިވެ އެވެ. އަދި ބަނޑު ނުކުމެފައި ހުންނަ މީހުންނަށް ކުއްލި ހާޓްއެޓޭކު ޖެހި މަރުވުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެފައިވެ އެވެ.
މިފަދަ ބަލިތަކުން ރައްކާތެރިވުމަށް ކަސްރަތާއި އެއްވަރަށް ކެއުމުގައި ހިމަނަންވީ މުހިންމު ބައެއް ކާއެއްޗެހި އެބަ ހުއްޓެވެ. އޭރުން ރަނގަޅު ސިއްހަތެއްގައި ހުރުމަށް މަގުފަހި ވާނެ އެވެ.
އަލަނާސި: ލަނާސީގައި ހުންނަ އެންޒައިމްގެ ސަބަބުން ލިއްބައިދޭ ޕްރޮޓީންތައް ހަށިގަނޑު ތެރެއަށް ފެތުރި ބަނޑު ނުކުތުމުން ދުރުކޮށްދެ އެވެ.
ޗެރީ: ޗެރީ ކެއުމުން ލޭ ދައުރުވުމަށް މަގުފަހިވެ ހިތުގެ ބަލިތަކުން ދުރުކޮށްދެ އެވެ. އަދި ބަނޑަށް ދިމާވާ މައްސަލަތައް ހައްލު ކޮށްދެ އެވެ.
ކަރާ: ކަރާ އަކީ ހަށިގަނޑުން ފެޓް ނައްތާލުމަށް އެންމެ ރަނގަޅު މޭވާ އެވެ. އެއީ ކަރާ އަކީ 91 ޕަސެންޓު ފެން ހިމެނެ އެއްޗަކަށް ވާތީ އެވެ. ކަރާ ކެއުމުން ބަނޑު ފުރިފަހުންނަ ހެން ހީވިޔަސް އެއީ ބަނޑަށް ލިބޭ ފައިދާ އެކެވެ.
މީގެ އިތުރުން އާފަލު، އަލްމަންޑު، ޓޮމާޓޯ، ފެހި ފަތް އަދި ބީންސް އަކީ ބަނޑު ހިންދުމަށް ރަނގަޅު ކާއެއްޗިއްސެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް