އަސާރަ ޕެކެޓެއްގައި ދެ ކިލޯ މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު ހައްޔަރުކޮށްފި

އިންޑިއާއިން ރާއްޖެ އައި އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެއްގެ އަތުން ކަސްޓަމްސުން މަސްތުވާތަކެތި އަތުލައިގެންފިއެވެ. ކަސްޓަމްސުން ބުނެފައިވަނީ ފެބްރުއަރީ 20 ވަނަ ދުވަހު އިންޑިއާއިން ރާއްޖެ އައި މި...

26 Feb 2019 | 13:09

އިންޑިއާއިން ރާއްޖެ އައި އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެއްގެ އަތުން ކަސްޓަމްސުން މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ކަސްޓަމްސުން ބުނެފައިވަނީ ފެބްރުއަރީ 20 ވަނަ ދުވަހު އިންޑިއާއިން ރާއްޖެ އައި މި މީހާގެ އަމަލުތައް ހުރިގޮތުން އޭނާއާމެދު ޝައްކު ކުރެވިގެން ބަލާ ފާސްކުރުމުން މީނާގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ރައްކާ ކޮށްފައިހުރި ޕެކެޓެއްގައި މުށި ކުލައިގެ ދިޔާތަކެތި ވަނީ ފެނިފައި ކަމަށެވެ. މި ދަތެކެތި ކަސްޓަމްސުން އިތުރަށް ތަހުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލަށް ވަނީ ޕޮޒިޓިވް ވެފައި ކަމުގައި ކަސްޓަމްސް އިން ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވަނީ މި މައްސަލައިގާ ޝާމިލުވާ މީހާއާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު މޯލްޑިވްސް ޕޮލިސް ސާވިސްއާ ހަވާލުކުރެވިފައިވާއިރު އެ ފަރާތުން ގެންދަނީ މި މައްސަލަ އިތުރަށް ތަހްގީގުކުރަމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް