ބިގަށް 30 މިލިޔަން ރުފިޔާ ދިން މައްސަލަ މާލިއްޔަތު ކޮމެޓީ އަށް

ދައުލަތުގެ މީޑިއާ ހިންގަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ހެދި މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެންބީސީ) އިން އަމިއްލަ ކުންފުންޏެއް ކަމަށްވާ ބިޒްނަސް އިމޭޖް ގްރޫޕް (ބިގް...

26 Feb 2019 | 10:21

ދައުލަތުގެ މީޑިއާ ހިންގަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ހެދި މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެންބީސީ) އިން އަމިއްލަ ކުންފުންޏެއް ކަމަށްވާ ބިޒްނަސް އިމޭޖް ގްރޫޕް (ބިގް) އަށް 30 މިލިޔަން ރުފިޔާ ދިން މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ވައްދައިފިއެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މި މައްސަލަ މާލިއްޔަތު ކޮމެޓީއަށް ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގައި ޕީޕިއެމްއަށް ނިސްބަތްވާ ތިން މެމްބަރެކެވެ.

ކުރިން އެމްއެންބީސީން ދައްކަން ޖެހޭ 78 މިލިޔަން ރުފިޔާގެ ތެރެއިން 30 މިލިޔަން ރުފިޔާ ޕީއެސްއެމުން ދައްކާފައިވަނީ މި ދިޔަ ހަފްތާގެ ތެރޭގައެވެ.

އެ 78 މިލިޔަން ރުފިޔާ ދޭޏް ސިވިލް ކޯޓުން ހުކުމެއް ކޮށްފައިވަނީ 2016 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. މި ފައިސާ އަކީ އެމްއެންބީސީއާއި ބިގާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ބިގަށް ލިބެން ޖެހޭ ފަސް މިލިޔަން ރުފިޔާއެވެ. އިތުރު 72.9 މިލިޔަން ރުފިޔާއަކީ އެ ފަސް މިލިޔަން ނުދައްކާ އޮތުމުން ދައްކަން ޖެހޭ ޖޫރިމަނާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް