ވިއްސާރައިގާ ލ. ގަމު ބައެއް ގެތަކަށް ފެންވަދެއްޖެ

ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގާ ލ. ގަމުގެ ބައެއް ގެތަކަށް ފެންވަދެއްޖެއެވެ. މީޑީއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ލާމު އަތޮޅަށް ކުރަމުންދާ ވިއްސާރައިގާ ލ. ގަމުގ...

26 Feb 2019 | 10:07

ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގާ ލ. ގަމުގެ ބައެއް ގެތަކަށް ފެންވަދެއްޖެއެވެ.

މީޑީއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ލާމު އަތޮޅަށް ކުރަމުންދާ ވިއްސާރައިގާ ލ. ގަމުގެ ބައެއް ގޭގެއަށް ފެން ވަދެފައިވާކަމަށެވެ.

"އެގޮތުން 10 ގެއަކަށް ފެންވަދެގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވޭ" ފުލުހުން ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވަނީ ލ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުން ދަނީ ފެން ހިއްކުމާއި ވެލިބަސްތާ ޖެހުމާއިއަދި ފެނުގައި ހުރި ތަކެތި ހިކި ތަންތަނަށް ބަދަލުކުރުމުގައި އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ.

ވިއްސާރައިގައި ފެންބޮޑުވެ ބައެއް ގެތަކަށް ފެން ވަދެފައިވާއިރު މެޓް އޮފީހުން ވަނީ ލ. އަތޮޅާއި މ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ޔެލޯ އެލާޓު ނެރެފައެވެ.

މެޓް އޮފީހުން ބުނެފައިވާގޮތުގައި މިއަދު މެންދުރު 01:10 އާއި ހަވީރު 05:00 އާއި ދެމެދުގެ ވަގުތުތަކުގައި މ. އަތޮޅާއި ލ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް