އެޖެންޑާގައި އިތުރު މަސައްކަތެއް ނެތުމުން 11 މިނަޓުން މަޖިލިސް ޖަލްސާ ނިމިއްޖެ

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާގައި ބަހުސް ކުރުމަށް އިތުރު ކަމެއް ނެތުމުން، ވޯޓަށް އަހާ ގަޑީގައި ޖަލްސާ ބޭއްވުމަށް ނިންމައި 9:14 މަޖިލީހުގެ މިއަދުގެ ޖަލްސާ މެދު ކަނޑާލައިފި އެވެ. ރަ...

26 Feb 2019 | 06:07

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާގައި ބަހުސް ކުރުމަށް އިތުރު ކަމެއް ނެތުމުން، ވޯޓަށް އަހާ ގަޑީގައި ޖަލްސާ ބޭއްވުމަށް ނިންމައި 9:14 މަޖިލީހުގެ މިއަދުގެ ޖަލްސާ މެދު ކަނޑާލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ހެނދުނު 9:03 ގައި ފެށީ 23 މެންބަރުންނާއެކުގައެވެ.

ހަތަރު ޖަލްސާއެއްގެ ޔައުމިއްޔާ ފާސް ކުރުމާއި، އިލެކްޝަންސް ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަން ފުޅުތައް ދިރާސާކުރުމަށް ކަމާބެހޭ ކޮމިޓީއަށް ފޮނުވުމާއި، ބޭރު ޤައުމުތަކަށް ރާއްޖެއިން ސަފީރުން ކަނޑައެޅުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންފުޅުތައް ދިރާސާ ކުރައްވައި ގޮތެއް ނިންމެވުމަށް ފަހު ގައުމީ ސަލާމަތު ކޮމިޓީން ހުށަހަޅާފައިވާ ރިޕޯޓަށް ބަހުސް ކުރުން މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި އޮތެވެ.

ނަމަވެސް އެއްވެސް މެންބަރަކު އެ ރިޕޯޓަށް ވާހަކަފުޅު ދައްކަވަން ފުރުސަތަކަށް އެދިވަޑައެދިވަޑައެއް ނުގެންނެވިއެވެ.

އެހެންކަމުން ޖަލްސާގެ ރިޔާސަތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ، އިތުރުކަމެއް އެޖެންޑާގައި ނެތުމުން، ވޯޓަށް އަހާ ގަޑީގައި ޖަލްސާ ފެއްޓެވުމަށް މަޖިލީހުގެ ޖަލްސާ ނިންމަވާލެއްވީ ކަމަށެވެ.

އަދު 1:30 ގައި ތިންކަމަކަށް ވޯޓަށް އެހުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ ޕެންޝަނާބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ހިޔާނާތުގެ މައްސަލަ ތައް ދިރާސާކުރާ ކޮމިޓީ އާއި މަރުގެ މައްސަލަތައް ދިރާސާކުރާ ކޮމިޓީއަށް ބާރު ދިނުމުގެ ބިލާއި، ސަފީރުކަމަށް ކަނޑައެޅުމަށް ފޮނުވި ނަންތައް ދިރާސާކުރި ރިޕޯޓަށް ވޯޓަށް އެހުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް