ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލި މީހާ މާލެ ގެނެސްފި

އައްޑޫ ސިޓީ ހިތަދޫގައި އިއްްޔެ ރޭ ފަތިހު، ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި އިންޑިއާ ފިރިހެން މީހާ އިތުރު ފަރުވާ އަށް މާލެ ގެނެސްފި އެވެ. ް އެމީހާ އިތުރު ފަރުވާއަށް މާލެ ގެނެސްފައި ވަނީ އެމްއެންޑީ...

26 Feb 2019 | 05:54

އައްޑޫ ސިޓީ ހިތަދޫގައި އިއްްޔެ ރޭ ފަތިހު، ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި އިންޑިއާ ފިރިހެން މީހާ އިތުރު ފަރުވާ އަށް މާލެ ގެނެސްފި އެވެ.

ް

އެމީހާ އިތުރު ފަރުވާއަށް މާލެ ގެނެސްފައި ވަނީ އެމްއެންޑީއެފް ހެލިކޮޕްޓަރުގަ އެވެ. އުމުރުން 46 އަހަރުގެ އެމީހާއަށް ހަމަލާދިނީ ބައިސްކަލެއްގައި ދަނިކޮށް އިއްޔެ ރޭ ފަތިހު 4:00 ގައެވެ. އެގޮތުން ތޫނު އެއްޗަކުން ހަމަލާދިނީ އެމީހާގެ މޫނު މައްޗަށް ކަމަށް ފުލުހުން ބުނެއެވެ.

އެމީހާގެ ހާލު ސްޓޭބަލް ކަމަށް މައުލޫމާތު ލިބުން ނަމަވެސް އެކަމާއި ގުޅިގެން ހޮސްޕިޓަލުގެ ބަހެއް ނުލިބެއެވެ.

ފުލުހުން ވަނީ މިމައްސަލައާ ގުޅިގެން ތިން މީހަކު މިހާތަނަށް ހައްޔަރުކޮށްފައެވެ. އެމީހުން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް