ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ޕާޓީތަކުން ބޭއްވި ޕްރައިމަރީތަކުން ބަލިވި ފަރާތްތަކަށްވެސް މެމްބަރު ކަމަށް ކުރިމަތިލެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމުމާއިއެކު، އެ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.
އެގޮތުން އިލެކްޝަންސުން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީގައި ބައިވެރިވެ، ނާކާމިޔާބުވެފައިވާ ފަރާތްތަކަށް، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު 2019 ފެބްރުވަރީ 25 ވާ ހޯމަ ދުވަހުން ފެށިގެން 2019 މާރިޗު 04 ވާ ހޯމަ ދުވަހުގެ ހަވީރު 04:00ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައި ކަމަށެވެ.
ކުރިން އޮންނަނީ ޕްރައިމަރީން ބަލިވެއްޖެ ނަމަ ކުރިމަތި ނުލެވޭނެ ކަމަށެވެ. ނަމަވެސް ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި މިހާރު ރައީސް ސޯލިހްގެ ހާއްސަ މަންދޫބު އަބްދުﷲ ޖާބިރު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވަނީ ޕްރައިމަރީން ބަލިވިޔަސް ކުރިމަތިލެވޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް