މާރިއާގެ އިތުބާރު ނެތް މައްސަލަ އަށް ސޮއި ހަމައެއް ނުވޭ:މަހްލޫފް

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މަޖިލިސް ގަވާއިދުގައިވާ ބުނެފައިވާ ވަރަށް މެންބަރުންގެ ސޮއި ހަމަނުކޮށް ކަމަށް ޔޫތް މިނިސްޓަރު އަހުމ...

26 Feb 2019 | 05:38

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މަޖިލިސް ގަވާއިދުގައިވާ ބުނެފައިވާ ވަރަށް މެންބަރުންގެ ސޮއި ހަމަނުކޮށް ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މަހްލޫފް މިހެން ވިދާޅުވީ، މާރިޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފައި ވަނިކޮށެވެ.  މިނިސްޓަރު މަހުލޫފްގެ ޓްވީޓްގައި ވަނީ މާރިޔާގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލާގައި ސޮއި ކުރެއްވި މެންބަރުންގެ ފޯމް ވެސް ހިމަނާފަ އެވެ.

މިނިސްޓަރު މަހުލޫފް ވިދާޅުވީ، މާރިޔާގެ އިތުބާރު ނެތް ކަމަށް ހުށަހެޅި ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. ޕީޕީއެމަށް ހަމަ ކުރެވުނީ 14 މެންބަރުންގެ ސޮއި ކަމަށެވެ. ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ހުށަހެޅަން 42 މެންބަރުންގެ ސޮއި ބޭނުންވާ ގޮތަށް ގަވާއިދު ބަދަލުކޮށްގެން މިއަދު އިދިކޮޅު ފަރާތްތަކަށް ބޮނޑި ލިބިފައިވާ ކަމަށް މިނިސްޓަރު މަހުލޫފް ވިދާޅުވި އެވެ.

ޕީޕީއެމާއި ކޮންގްރެސް ޕާޓީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ، އެ މައްސަލަ ވައްދާފައިވަނީ ރާއްޖެ ހިފިދާނެ ކަމަށް މިނިސްޓަރު މާރިޔާ ދައްކާފައިވާ ވާހަކަތަކާ ގުޅިގެން ކަމަށާއި އެފަދަ ވާހަކަތަކަކީ އެ މަގާމުގައި ހުންނަވާ ފަރާތަކުން ދައްކައިގެންވާނެ ވާހަކަތަކެއް ނޫން ކަމަށެވެ. އަދި އެ މައްސަލާގައި މިނިސްޓަރު މާރިޔާ ޖަވާބުދާރީ ކުރުވުމަކީ ޒިންމާއެއް ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް