ވެލި ބަރުކޮށްގެން ދަތުރު ކުރި ދޯންޏެއް ބަންޑުން ޖަހާފައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ ވެލި ބަރުކޮށްގެން ހުޅުމާލެ އަށް ދަތުރުކުރި ދޯންޏެއް މާލޭ ކޮމާޝަލް ބަނދަރު ސަރަހައްދުގެ ބޭރުން ބަންޑުން ޖަހާލައިގެން މާލޭ އޭރިއާގެ ކޯސްޓްގާޑް ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި އެހާދިސާ އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 08:45 ހާއިރު ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.
އެހާދިސާ ހިނގި ވަގުތު ދޯނީގައި ހަތް މީހުންގެ ތެރެއިން ހަ މީހުން އެސްޓީއޯ ޒެބްރާ ޓަގަށް ވަނީ ނަގާފައެވެ. އަދި އެކަކު އެމްއެންޑީއެފްގެ ކޯސްޓްކާޑު ލޯންޗުން ވަނީ ނަގާފައި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
ދޯނީގައި އެވަގުތު ތިބީ ހަ ބިދޭސީންނާއި ދިވެއްސެކެވެ. އެތަނުން އެއް ބިދޭސީ މީހެއްގެ ކަށިމަތި ކުޑަ ތަންކޮޅެއް ހަލާކުވެފައިވާއިރު އިތުރު މީހަކަށް އަނިޔާ ނުވާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް