މުޒާހަރާގެ ތެރެއިންް ވަލީދާ ހައްޔަރު ކޮށްފި

މިރޭ ކުރިއަށްދާ މުޒާހަރާގެ ތެރެއިން ވަލީދާ ވަލީދު ހައްޔަރު ކޮށްފި އެވެ. ވަލީދާ އަކީ ޖުމްހޫރީ ޕާޓީގެ އަންހެނުންގެ ލީގުގެ ރައީސާ އެވެ. އެކެއް ފެބްރުއަރީން ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒު ކުރު...

26 Feb 2018 | 18:30

މިރޭ ކުރިއަށްދާ މުޒާހަރާގެ ތެރެއިން ވަލީދާ ވަލީދު ހައްޔަރު ކޮށްފި އެވެ.

ވަލީދާ އަކީ ޖުމްހޫރީ ޕާޓީގެ އަންހެނުންގެ ލީގުގެ ރައީސާ އެވެ. އެކެއް ފެބްރުއަރީން ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒު ކުރުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަ މުޒާހަރާތަކުގެ ކުރީ ސަފުގައި ވަލީދާ އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ވަލީދާ ހައްޔަރު ކުރުމުން ޖުމްހޫރީ ޕާޓީން އެކަން ކުށްވެރިކޮށް ކޮށްފައިވާ ޓްވީޓެއްގައި، ވަލީދާ ވަގުތުން ދޫކޮށްލުމަށް ގޮވާލާފައި ވެ އެވެ.

މުޒާހަރާގެ ތެރެއިން ވަލީދާ ހައްޔަރު ކޮށްފައިވަނީ ކޮން ވަގުތެއްގައިކަން ކަށަވަރެއް ނޫނެވެ.

އިދިކޮޅުން މިރޭ ކުރިއަށްގެންދާ މުޒާހަރާ، 10:30 ވުމުން ފުލުހުން ވަނީ ރޫޅާލާފަ އެވެ. ނަމަވެސް އަދިވެސް އަޑު އުފުލުގައި ކޮންމެވެސް ވަރަކަށް މީހުން އަންނަނީ އިހުތިޖާޖު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް