މަޖިލީހުގެ ނިންމުންތައް ސައްހަ ކަމުގައި ސުޕްރީމް ކޯޓުން ކަނޑައަޅައިފި

ކުއްލި ނުރައްކަލުގެ ހާލަތު ގަރާރު ފާސް ކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު 30 ދުވަހަށް އިތުރު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުންތަކަކީ ސައްހަ ނިންމުންތަކެއް ކަމުގައި ސުޕްރީމ...

26 Feb 2018 | 13:44

ކުއްލި ނުރައްކަލުގެ ހާލަތު ގަރާރު ފާސް ކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު 30 ދުވަހަށް އިތުރު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުންތަކަކީ ސައްހަ ނިންމުންތަކެއް ކަމުގައި ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.

މިގޮތަށް ކަނޑަައަޅާފައިވަނީ މަޖިލީހުން އެދުނު އިސްތިޝާރީ މައްސަލައިގާ އެވެ.

ދުސްތޫރީ ލަފާގައި ބުނެފައިވަނީ ހާއްސަ ޖަލްސާގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ގާނޫނީ އަދަދުކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަގުލަބިއްޔަތު ހާޒިރުވެ ތިބުމަކީ ދުސްތޫރީގޮތުން ލާޒިމްވެގެންވާ ކަމެއް ނޫންކަން އެނގެން އޮން ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުން އެ ގަރާރު ފާސްކޮށް އެ ގަރާރުގެ މުއްދަތަށް 30 ދުވަސް އިތުރުކޮށް ނިންމާފައިވާ ބަޔާންވެދިޔަ ނިންމުންތަކަކީ ދުސްތޫރީގޮތުން ސައްހަ ނިންމުންތަކެއްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައިފީމެވެ" އިސްތިސާރީ ލަފާގައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް