މަގުމަތީގައި ސައިކަލު މަޑުކޮށްލައިގެން އިން މީހެއްގެ އަތުން ފޭރުނު ދެމީހަކު ހޯދަން ވީޑީއޯއެއް އާންމު ކޮށްފި އެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި ދެމީހަކު ސައިކަލުގައި އައިސް މަގެއްގެ އެއް ފަރާތުގައި މަޑުކޮށްލާ ވަގުތު އަނެއް ދެމީހުން (ފޭރުނު ކަމަށް ބެލެވޭ ދެމީހުން) މަގުގެ އަނެއް ފަރާތުގައި ސައިކަލު މަޑުކޮށްލައިގެން އިރުކޮޅެއް ވަންދެން ތިބެ އެވެ.
ދެވަނަ މަންޒަރުން ފެންނަނީ މަގުގެ އެއް ފަރާތުގައި އެކަކު ސައިކަލެއްގައި މަޑުކޮށްލައިގެން އިންދާ ދެމީހަކު ސައިކަލުގައި އައިސް ކޮންމެވެސް އެއްޗެއް ފޭރިގަނެގެންދާ މަންޒަރެވެ.
https://www.youtube.com/watch?v=rGnXnbWrd8c
ފުލުހުން ބުނެފައިވަނީ ވީޑިއޯ އިން ފެންނަ މީހާއަކީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ ފޭރުމުގެ މައްސަލައަކާ ގުޅިގެން ހޯދަމުންދާ ބައެއް ކަމަށެވެ.
މިމީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް