އެއާޕޯޓް ބަންދު ކުރީ މަރާމާތަށް، ހުރިހާ އެއާލައިނަކަށް ނޮޓޭމް ވާނީ ދީފައި: އެމްއޭސީއެލް

އެއާޕޯޓް ރަންވޭ ބަންދުކޮށްފައިވަނީ މަރާމާތަކަށް ކަމުގައި އެމްއޭސީއެލް އިން ހާމަކޮށްފި އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަންސް އެސޯސިއޭޓް ޖެނެރަލް މެނޭޖާ ހަސަން އަ...

25 Feb 2018 | 19:27

އެއާޕޯޓް ރަންވޭ ބަންދުކޮށްފައިވަނީ މަރާމާތަކަށް ކަމުގައި އެމްއޭސީއެލް އިން ހާމަކޮށްފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަންސް އެސޯސިއޭޓް ޖެނެރަލް މެނޭޖާ ހަސަން އަރީފް ވިދާވީ 2016 ވަނަ އަހަރުން ފެށިގެން ރޭގަނޑު 12 އިން ހެނދުނު ހަޔަކަށް މަރާމާތަށް އެއާޕޯޓް ބަންދު ކުރާނެ ކަމުގެ ނޮޓޭމް ހުރިހާ އެއާލައިންތަކަށްވެސް ދީފައިވާނެ ކަމަށެވެ.

"ވަރަށް ސްޕެޝަލް ކޭސްތަކުގައި ނޫނިއްޔާ 12ގެ ފަހުން ނުހުޅުވަން" އަރީފް ވިދާޅުވި އެވެ.

އެއާޕޯޓް ބަންދު ކުރުމުން ޔޫއެލް ފްލައިޓެއް ކޮލޮމްބޯ އެއާޕޯޓްގައި ދޮޅުގަޑިއިރު މަޑުކުުރުމަށްފަހު އެ ފްލައިޓުން ޕަސިންޖަރުން ބާލާފައިވާއިރު އަރީފް ވިދާޅުވީ އެ ފްލައިޓަށް ނާދެވުނީ އެ ފްލައިޓް އެކޮޅުން ފުރުން ލަސް ވުމުން ކަމަށެވެ.

https://twitter.com/MACLmedia/status/967843416389312512

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް