ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހުއްދަ ނުދީގެން ގިނަ އަދަދެއްގެ ދިވެހިންނާއި ފަތުރުވެރިން ތިބި ފްލައިޓެއް ކޮލޮމްބޯގެ ބަންޑާރަނައިކަ އެއާޕޯޓްގައި ނުފުރިފައި އެބަ އޮތެވެ.
މިކަން ފެންމަތިވީ އިސްމާއިލް ހަމީދު (ހައިރައިޒް އިއްސެ) ކުރި ޓްވީޓަކާއި ގުޅިގެންނެވެ. އެ ޓްވީޓްގައި އިއްސެ ބުނެފައިވަނީ ފްލައިޓްގައި ތިބޭތާ ދޮޅުގަޑިއިރު ވެފައިވާކަމަށާއި ރާއްޖޭގެ އެއާޕޯޓުން ހުރިހާ ފްލައިޓެއް ސަސްޕެންޑް ކޮށްފައިވާކަމަށް ކެޕްޓަން ބުނާ ކަމަށެވެ.
މިކަމާއި ގުޅިގެން ރާއްޖެ ޓީވީ އިން ވަނީ އިއްސެއަށް ގުޅާލާފަ އެވެ. ރާއްޖެ ޓީވީއަށް މައުލޫމާތު ދެމުން އިއްސެ ބުނީ ރާއްޖޭގެ އެއާޕޯޓްގައި ރިކުއެސްޓް ކުރަމުން އަންނަ ކަމުގައި ކެޕްޓަން ބުނާ ކަމަށެވެ. އަދި ރާއްޖޭގެ އެއާޕޯޓް ބަންދު ކޮށްފައިވާކަމަށް ކެޕްޓަން ބުނާކަމަށްވެސް އިއްޔެ ބުނެފައި ވެ އެވެ.
އިއްސެ އިތުރަށް ބުނީ އެހެން ފްލައިޓްތަކަށް ފުރުސަތު ދިނުމަށް އެ ފްލައިޓް މިހާރު ޕާކިން ލޮކޭޝަނަކަށް ބޯޓު މޫވް ކޮށް އެއަށްފަހު ޕަސިންޖަރުން ފްލައިޓުން ބާލާފައިވާކަމަށެވެ.
މިކަމާއި ބެހޭގޮތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ބަހެއް ހޯދާލުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބު ވާގޮތް ނުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް