ކުންފުންޏެއްގެ އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ ނެގި މައްސަލައެއްގައި 10 މީހަކު ހައްޔަރު

މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓުތައް ކޮމްޕްރޮމައިޒްކޮށް، އޭނާގެ ހިއްސާ އޮންނަ ކުންފުނީގެ ބެންކު އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ ނަގާފައިވާ މައްސަލައެއްގައި 10 މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަ...

26 Jan 2026 | 10:39
N/A

N/A

މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓުތައް

ކޮމްޕްރޮމައިޒްކޮށް، އޭނާގެ ހިއްސާ އޮންނަ ކުންފުނީގެ ބެންކު އެކައުންޓުން ގިނަ

އަދަދެއްގެ ފައިސާ ނަގާފައިވާ މައްސަލައެއްގައި 10 މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލ.

އިސްދޫ / ގުޑްލައިފް، މުޙައްމަދު ޙަސަން (59އ) އާއި ސ. ހިތަދޫ / އުދަ، އަލީ

ޢިރުފާނު އަޙްމަދުދީދީ (26އ) އާއި ސ. ހިތަދޫ / ނަންރީތިގެ، ޢަލީ ޝިރާޒު (38އ) އާއި

ހދ. ވައިކަރަދޫ / ޕެރިމްރޯޒް، ޢަބްދުﷲ ނާފިޛް (39އ) އާއި ގއ. ކަނޑުހުޅުދޫ /

ފޫހިވާގެ، މުޙައްމަދު ޢަލީ (42އ) އާއި މ. މާލޭގެއާގެ / މާލެ، މުޙައްމަދު ނުހާދު

ޢަލީ (30އ) އާއި ހއ. ކެލާ / ޕެނަމާ، މުޙައްމަދު ސިމާދު (38އ) އާއި ގދ. ފިޔޯރީ /

ހީނާމާގެ، އަލީ އިމްރާން (38އ) އާއި ގދ. ތިނަދޫ / ގުލްބަކާގެ، ޢަބްދުﷲ އިސްރާޤް

(19އ) އާއި ކ. ހިންމަފުށި / މެޑޯޒް، މުޙައްމަދު އިބްރާހީމް (49އ) އެވެ. މި

މީހުންގެ ތެރެއިން އެކަކު ހިންމަފުށިން ހައްޔަރުކޮށްފައިވާއިރު، 3 މީހަކު

ހައްޔަރުކޮށްފައިވަނީ އައްޑޫ ސިޓީންނެވެ. ދެން ތިބި މީހުން ހައްޔަރުކޮށްފައިވަނީ

މާލެއިންނެވެ.

ފުލުހުން ބުނެފައިވާގޮތުގައި މި މީހުންގެ ތެރެއިން

ހަ މީހުންނަކީ ސްކޭމްކޮށްގެން ހޯދާފައިވާ ފައިސާ އެ މީހުންގެ އެކައުންޓަށް

ޖަމާކޮށް ފައިސާ ނަގާފައިވާ މީހުންނެވެ. އަދި އެތަނުން އެކަކު، ސްކޭމްކޮށްގެން

ހޯދާފައިވާ ފައިސާ އެކި ވިޔަފާރިތަކަށް ޖަމާކޮށް އެ ފައިސާ އަށް މުދާ

ގަނެފައިވެއެވެ. އަނެއް 3 މީހުންނަކީ އެކި މީހުން އޭޓީއެމްއަށް ގެންގޮސްގެން އެ

މީހުން މެދުވެރިކޮށް އޭޓީއެމްއިން ފައިސާ ނެގުމަށްފަހު އެ ފައިސާތަކާ

ހަވާލުވެފައިވާ މީހުންނެވެ.

މި މީހުން ހައްޔަރުކޮށްފައިވަނީ މީހެއްގެ ސޯޝަލް

މީޑިއާ އެކައުންޓުތައް ކޮމްޕްރޮމައިޒްކޮށް، އޭނާގެ ހިއްސާ އޮންނަ ކުންފުނީގެ

ބެންކު އެކައުންޓުން 279600 އަށްވުރެ ގިނަ ފައިސާ ނަގާފައިވާކަމަށް ހުށަހަޅާފައިވާ

މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ކޯޓު އަމުރުގެ ދަށުން ކަމަށް ފުލުހުން

ބުނެއެވެ.

މި ޖަނަވަރީ މަހުގެ 21 ވަނަ ދުވަހުން ފެށިގެން

ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި ގޭންގު ކްރައިމްއާއި ހިންމަފުށި ޕޮލިސް އަދި

އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ބައިވެރިވިކަމަށްވެސް ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި 10 މީހުންގެ

ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު އިބްރާހީމް

ފަސްދުވަހަށް، މުޙައްމަދު ޢަލީއާއި މުޙައްމަދު ޙަސަން ހަތްދުވަހަށް، ޢަލީ ޢިރުފާން

އަޙްމަދުދީދީ 10 ދުވަހަށް އަދި އަނެއް ހަ މީހުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ

އަމުރުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް