މަންޒަރު ސިފަކޮށްދިނުމަށް ދުވަސް އިން އޭއި މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް -
ސްކޭމުގެ ބޮޑު މައްސަލައެއް ކަމަށް ބެލެވޭ މައްސަލައެއްގައި
ގިނަ ބަޔަކު ހައްޔަރުކޮށް އޭގެން އެއް ބައެއްގެ ބަންދަށް މުއްދަތު ޖަހައިފިއެވެ.
ކްރިމިނަލް ކޯޓުގެ އިއްޔެގެ ބަންދު އަމުރުތަކުން
އެނގޭ ގޮތުގައި
01. ހއ. ކެލާ، ޕެނަމާ، އުމުރުން 38 އަހަރުގެ މުޙައްމަދު
ސިމާދު
02. ކ .މާލެ، މ. މާލޭގެއާގެ، އުމުރުން 30 އަހަރުގެ މުޙައްމަދު
ނުހާދު ޢަލީ
03. ގދ. ފިޔޯރީ، ހީނާމާގެ، އުމުރުން 38 އަހަރުގެ ޢަލީ ޢިމްރާން
04. ހދ. ވައިކަރަދޫ، ޕެރިމްޒޯން، އުމުރުން 38 އަހަރުގެ ޢަބްދުﷲ
ނާފިޛު
05. ގދ. ތިނަދޫ، ގުލްބަކާގެ، އުމުރުން 19 އަހަރުގެ ޢަބްދުﷲ
އިސްރާޤް
މި ފަސް މީހުންގެ ބަންދަށް އިއްޔެގެ ވަގުތެއްގައި
މިފަދަ މައްސަލަތަކެއްގައި 15 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.
އެ ބަންދު އަމުރުތަކުން މައްސަލައިގެ ބޮޑުކަމާއި
މައްސަލައިގެ މާ ބޮޑު ތަފުސީލެއް ހާމައެއް ނުވެއެވެ. ނަމަވެސް ދުވަހަށް މަޢުލޫމާތު
ލިބިފައިވާގޮތުގައި ހަތަކާއި 10 އަކާއި ދެމެދުގެ ޢަދަދަކަށް މީހުން އެ މައްސަލައިގާ
ހައްޔަރުކުރިކަމަށްވެއެވެ.
އޭގެ ތެރެއިން ބައެއް މީހުންގެ ބަންދު އަމުރުން
އެނގޭގޮތުގައި މީހަކު ލާރި ނަގައިދޭން ބުނުމުން އޭޓީއެމްއިން ފައިސާ ނަގައިދިން
ކަމަށް އެކަކު ބުނެފައިވެއެވެ.
އެކައުންޓަށް ފައިސާ ޖަމާވި ކަމަށާއި، އެ ފައިސާ
ނަގާފައި ދީފައިވާނެކަމަށް މުއްދަތު މަޖިލީހުގައި ބުނި ކަމަށާއި އަދި އޭނާ އެ
ފައިސާގެ މުޢާމަލާތް ކުރުމުގެ ކުރިން ސްކޭމްގެ ފައިސާކަން ނުވަތަ ނޫންކަން
ބެލުމުގެ ގޮތުން ސުވާލު ކުރި ކަމަށް އެކަކު ބުނެފައިވެއެވެ.
މީގެ އިތުރުން އެކަކީ އެގޮތަށް ސްކޭމް ފައިސާ
ޖަމާކޮށްދިނުމުން ސްކޭމް ފައިސާ ނަގައިދޭ މީހެއް ކަމަށާއި، އެފަދަ އެހެން މައްސަލަތައްވެސް
ހުށަހެޅިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައިގެ ރަސްމީ ކޮމެންޓެއް ފުލުހުން އަދި
ހިއްސާ ނުކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް