މިއަދު ދެ މީހަކު މަރުވި ހާދިސާތަކެއް ފުލުހުން ބަލަނީ

ރ. މަޑުއްވަރީ މީހަކު މަރުވި މައްސަލަ އަކާއި އައިޖީއެމްއެޗުގައި މީހަކު މަރުވި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ. މަޑުއްވަރީގައި 52 އަހަރުގެ ފިރިހެނަކު މަރުވެގެން އެ ރަށު ސިއްހީ މަރުކަޒުން ފުލު...

26 Jan 2020 | 18:45

ރ. މަޑުއްވަރީ މީހަކު މަރުވި މައްސަލަ އަކާއި އައިޖީއެމްއެޗުގައި މީހަކު މަރުވި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

މަޑުއްވަރީގައި 52 އަހަރުގެ ފިރިހެނަކު މަރުވެގެން އެ ރަށު ސިއްހީ މަރުކަޒުން ފުލުހުންނަށް ރިޕޯޓު ކުރީ މިއަދު ހަވީރު5:15 ހާއިރުު އެވެ. ފުލުހުން ބުނީ މައުލޫމާތު ސާފު ކުރުމުން އެނގުނު ގޮތުގައި އެމީހާ މަރުވީ ވެލިނަގަން ދޯންޏެއްގައި ގޮސް އުޅެނިކޮށް ކަމަށެވެ.

އެމީހާ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށާއި އޭނާގެ މަރުގައި ޝައްކު ކުރެވޭ ކަމެއް ފާހަގަވެފައި ނުވާކަމަށް މަރުކަޒާއި ހަވާލާދީ ފުލުހުން ބުނެ އެވެ.

ދެވަނަ ހާދިސާގައި މަރުވެފައިވަނީ49 އަހަރުގެ ފިރިހެނެކެވެ. ފުލުހުން ބުނީ އެމީހާގެ ހާލު ދެރަވެގެން އައިޖީއެމްއެޗަށް ގެންގޮސްފައިވަނީ ހަވީރު4:30 ހާއިރު ކަމަށެވެ. އޭނާ މަރުވެފައިވަނީ ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ.

މި ދެ ހާދިސާ އާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އެކަމަކު ބުނީ މި ހާދިސާތަކާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް