އެކި ދުވަސްވަރު މަތިން ކުޑަކުދިންތަކަކަށް ޖިންސީ ގުނަވަން ދެއްކި، އުމުރުން ދުވަސްވީ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގާ ހައްޔަރުކޮށްފައިވަނީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
ފުލުހުން ބުނެފައިވާގޮތުގައި ޅ. ނައިފަރުން އެމީހާ ހައްޔަރުކޮށްފައިވަނީ މި މަހުގެ އެކި ދުވަސްމަތިން ކުޑަކުދިންނަށް ޖިންސީ ގުނަވަން ދެއްކި މައްސަލައިގާ މިރޭ 06:10 ގައެވެ.
އުމުރުން ދެ އަހަރު ނުވާ ކުޑަ ކުއްޖަކަށް އެ ކުއްޖާގެ ބައްޕައާއި ކާފަ އާއި އަދި މުނިކާފަ ޖިންސީ ގޯނާ ކުރި މައްސަލަ މި މަހުގެ ތެރޭގައި ފެންމަތިވި ފަހުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ގިނަ މައްސަލަތަކެއް އަންނަނި ފެންމަތި ވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް