ހާލުގައި ޖެހިފައިވާ ބޭރުގެ މަސްބޯޓަކަށް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދެނީ

ހާލުގައި ޖެހިފައިވާ މަސްބޯޓަކަށް އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ. އެމްއެންޑީއެފުން މިރޭ ބުނެފައިވާގޮތުގައި އިންޖީނު ހުއްޓިގެން ހާލުގައި ޖެހުނު ލަންކާގެ މަސްބޯޓެއް މާ...

26 Jan 2020 | 15:50

ހާލުގައި ޖެހިފައިވާ މަސްބޯޓަކަށް އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

އެމްއެންޑީއެފުން މިރޭ ބުނެފައިވާގޮތުގައި އިންޖީނު ހުއްޓިގެން ހާލުގައި ޖެހުނު ލަންކާގެ މަސްބޯޓެއް މާލޭގެ އިރުން 199 ނޯޓިކަލް މޭލު ބޭރުން އޮޔާދާކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު 05:00 ހާއިރުގައެވެ.

"ހާދިސާގެ މައުލޫމާތު ލިބުމާ ގުޅިގެން ދިޔައީ އެ ބޯޓު މޮނީޓަރ ކުރަމުން، އަދި މިއަދު އެ ބޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑުގެ ނޫރައްދީން ލޯންޗު މިހާރު ދަނި ދަތުރުކުރަމުން" އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ އެ ބޯޓު މިހާރު އޮތީ ދިއްފުށީގެ އިރު އުތުރުން 58 ނޯޓިކަލް މޭލު ބޭރުގައި ކަމަށެވެ. އެ ބޯޓުގައި ހަ މީހުން ތިބި ކަމުގެ މައުލޫމާތު ލިބިފައިވާއިރު ކޯސްޓްގާޑު ނޫރައްދީން ލޯންޗަށް އެ ސަރަހައްދަށް ދެވޭނީ މިރޭ 09:30 ހާއިރު ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް