ހަލުވިކަމާއި ފެތުރެމުންދާ ކޮރޯނާ ވައިރަސްް އާއި ގުޅިގެން ތިން ގައުމެއްގައި ދިރިއުޅެމުންދާ ދިވެހިން އެ ގައުމުތަކުގައި ހުރި ދިވެހި އެމްބަސީގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި އެވެ.
އެ ތިން ގައުމަކީ ޖަޕާން، މެލޭޝިއާ އަދި އިންޑިއާ އެވެ. މީގެ ތެރެއިން މެލޭޝިއާ އާއި ޖަޕާނުން ވަނީ ކޮރޯނާ ވައިރަސް ޖެހިފައިވާ މީހުން ފެނިފަ އެވެ. އިންޑިއާ މީޑިއާގައި ބުނެފައިވާގޮތުގައި އެ ބައްޔަށް ޝައްކު ކުރެވޭ11 މީހަކު އެބަތިއްބެވެ.
އެމްބަސީތަކުން ބުނީ އެމީހެއްގެ ނަމާއި ދިރިއުޅޭ ސިޓީގެ އިތުރުން ކުއްލި ހާލަތުގައި ގުޅޭނެ ނަމްބަރެއް އެމީހަކު ހުރި ގައުމެއްގެ އެމްބަސީ އާއި ހިއްސާކުރުމަށް އެދޭކަމަށެވެ. އަދި ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅައިގެން އުޅުމަށް އިލްތިމާސް ކުރެ އެވެ.
ބާރު ސްޕީޑުގައި އޭޝިއާގެ ގައުމުތަކުގައި ފެތުރެމުންދާ ވުހާން ވައިރަސް ފުރަތަމަ ފެނުނު ޗައިނާގެ ވޫހާން ސިޓީގައި ހަތް ދިވެހިން އެބަތިބި ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. ބަލި ކޮންޓްރޯލް ނުވެ ފެތުރެމުންދާތީ އެ ސިޓީގެ ބައެއް ސަރަހައްދުތައް ކަރަންޓީން ކޮށްފައިވާތީ ދިވެހި ސަރުކާރުން ވަނީ އެމީހުންނަށް މާލީ އެހީދޭން ނިންމާފަ އެވެ.
ފޮރިިން މިނިސްޓްރީން ބުނީ އެ ހަތް މީހުންގެ ހާލުވެސް އަދި ރަނގަޅު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް