ޖަލާއި ގައިދީންގެ ހާލަތު ގޯސްވަނީ ހޯމް މިނިސްޓަރުގެ ސަބަބުން: މުނާޒް

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޖަލުތަކުގައި ތިބި ގައިދީންނަށް އެކަށީގެންވާ އަވަސް ބޭސް ފަރުވާއެއް ފޯރުކޮށް ނުދެވެނީ ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲގެ ސަބަބުން ކަމަށް ކުރީގެ ކޮމިޝަނާ އޮފް ޕްރ...

26 Jan 2020 | 10:41

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޖަލުތަކުގައި ތިބި ގައިދީންނަށް އެކަށީގެންވާ އަވަސް ބޭސް ފަރުވާއެއް ފޯރުކޮށް ނުދެވެނީ ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲގެ ސަބަބުން ކަމަށް ކުރީގެ ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ވިދާޅުވެއްޖެ އެވެ.

މުނާޒު މަގާމުން ވަކި ކުރީ މިދިޔަ ހަފްތާގައި އެވެ. މަގާމުން ވަކި ކުރި ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާ ވަކި ކުރީ ކޯލިޝަން ތެރެއިންނާއި ބޭރުން ޖަލު ހިލުވާލަން ކުރި މަސައްކަތް ނާކާމިޔާބު ވުމުން ކަމަށެވެ.

މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގައިދީންނަށް އަވަސް ބޭފަރުވާގެ ނިޒާމެއް ހޯދައިދިނުމަށް އަމަލީ ގޮތުން ޝެއިހް އިމްރާނަށް އެއްވެސް ކަމެއް ހަމަޖައްސައިދެވިފައި ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ ކަރެކްޝަންސް އަށް ސްޕެޝަލިސްޓު ޑޮކްޓަރުން ހޯދައި ނުދެވުނު އިރު އަހަރެއް ވީއިރު އައިޖީއެމްއެޗުގެ ޑޮކްޓަރުން ޖަލަށް ދާގޮތަށްވެސް މިނިސްޓަރަށް ހަމަޖައްސައި ނުދެވުނު ކަމަށެވެ.

https://twitter.com/a_munaaz/status/1221248814452854784

މީގެ ކުރިން ކުރެއްވި ޓުވީޓެއްގައިވެސް މުނާޒުވަނީ އިމްރާނަށް ފާޑުވިދާޅުވެފައި އެވެ. މުނާޒު ވިދާޅުވެފައިވަނީ ޖަލު އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަކީ ކުރެވޭނެ ކަންކަން ނޫންކަމަށް މިނިސްޓަރު ވިދާޅުވެފައިވާ ކަމަށެވެ. އަދި އެކަންކަން ބެލުމަށް ކޮމެޓީއެއް އެކުލަވާލި ނަމަވެސް އެ ކޮމެޓީން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިނުވާ ކަމަށެވެ.

މީގެ އިތުރުން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ކުރުމަށް ބަޖެޓުވެސް ދެއްވާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

https://twitter.com/a_munaaz/status/1220524623877591046

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް