ވޫހާން ސިޓީއަށް މޯލްޑިވިއަންއިން މިހާރު ދަތުރެއް ނުކުރޭ

ކޮރޯނާ ވައިރަސް ފެތުރެމުންދާ ވޫހާން ސިޓީއަށް ގައުމީ އެއާލައިން މޯލްޑިވިއަން އިން ކުރި ދަތުރުތައް މިދިޔަ އަހަރު ހުއްޓާލާފައިވާ ކަމަށް އެ އެއާލައިނުން ބުނެފި އެވެ. މޯލްޑިވިއަން އިން ވެލާނާ އިންޓަނޭޝަނަލ...

26 Jan 2020 | 06:55

ކޮރޯނާ ވައިރަސް ފެތުރެމުންދާ ވޫހާން ސިޓީއަށް ގައުމީ އެއާލައިން މޯލްޑިވިއަން އިން ކުރި ދަތުރުތައް މިދިޔަ އަހަރު ހުއްޓާލާފައިވާ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.

މޯލްޑިވިއަން އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ވޫހާން ސިޓީ އާއި ދެމެދު ސީދާ ދަތުރުތައް ފެށީ2014 ވަނަ އަހަރު އެވެ. އެ ދަތުރުތައް ހުއްޓާލީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. ހުއްޓާލި ސަބަބެއް އެ ކުންފުނިން ހާމައެއް ނުކުރެ އެވެ.

ވޫހާން ސިޓީއަކީވެސް ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ ސިޓީއެކެވެ. މޯލްޑިވިއަންއިން ދަތުރު ނުކުރި ނަމަވެސް ވޫހާން ސިޓީ އާއި ރާއްޖެއާ ދެމެދު ޓްރާންސިޓް ދަތުރުތަކެއް އީސްޓާން އާއި ސިލްކް އެއާ އަދި ސިންގަޕޫރު އެއާލައިން އިން ކުރެ އެވެ.

މި ދުވަސްވަރު އެ އާލައިންތަކުން މިދަތުރުތައް ކުރާ ކަމެއް ނޭނގެ އެވެ. އެ ސިޓީގެ ބަލިފެތުރެމުންދާ ސަރަހައްދުތައް ކަރަންޓީން ކޮށްފައިވާތީ ދަތުރުފަތުރަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފަ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި މި މިބަލީގަިއ މިހާތަނަށް41 މީހަކު ވަނީ މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް