އައްޑޫގައި ހިންގާ ކެނަރީފް ރިސޯޓްގައި ފަތުރުވެރިއަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
މަރުވެފައި އޮއްވާ ފެނިފައިވަނީ އިޓަލީއަށް ނިސްބަތްވާ، އުމުރުން 62 އަހަރުގެ ފަތުރުވެރިއެކެވެ. އެ ފަތުރުވެރިޔާ މަރުވި ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 07:08 އެހާކަންހާއިރު ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނީ އެ ފަތުރުވެރިޔާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށެވެ. މި ކަމުގައި ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމުގައިވެސް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް