ރައީސް ގަމު ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައިފި

ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ލ.ގަން ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައި އެތަނުގެ ހާލަތު ބައްލަވައިލައިފިއެވެ. ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ހައްދުންމަތީގ...

26 Jan 2019 | 13:56

ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ލ.ގަން ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައި އެތަނުގެ ހާލަތު ބައްލަވައިލައިފިއެވެ.

ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ހައްދުންމަތީގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދާ ޒިޔާރަތުގައި، މިއަދު ލ.ގަން ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައި، އެހޮސްޕިޓަލުގެ އިސް ބޭފުޅުން ވަނީ ހޮސްޕިޓަލަށް ދަތިވެފައި ހުރި ކަންކަމާއި ބެނުންވާ ވަސީލަތްތަކާއި ތަނުން ދެވޭ ޚިދުމަތް ރަނގަޅު ކުރުމަށް ބޭނުންވާ ވަޞީލަތްތަކާއި އާލާތްތަކާއި ބެހޭގޮތުން މައުލޫމާތު ޙިއްޞާ ކުރައްވައިފައެވެ.

މިގޮތުން ކަރަންޓުގެ މައްސަލައާއި މުވައްޒަފުންގެ ދަތިކަމާއި އެމްބިއުލާންސެއް ނެތުމުގެ މައްސަލަފަދަ މުހިންމު މައްސަލަތައް ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް ވަނީ ގެންނަވާފައެވެ. މިޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ޞިއްޙީ ޚިދުމަތަކީ ރައްޔިތުންނާއި ގުޅުންހުރި ވަރަށް މުހިންމު ކަމަކަށްވާތީ ހޮސްޕިޓަލަށް ބޭނުންވާ އެފަދަ ކަންކަން ވީވަރަކުން ކޮށްދެއްވައި ރަނގަޅު ކޮށްދެއްވުމަށް ވަރަށް އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސް ވަނީ ލ.ގަމަށް ކުރައްވަމުންގެންދާ މި ޒިޔާރަތުގައި މިއަދު މެންދުރު ގަމުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ވެސް ބައްދަލު ކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް