މާލޭ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު މިއަދު ހަވީރު ފެނިއްޖެއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ގަލޮޅު ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިގެން މިއަދު ހަވީރު 4:57ގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.
މަރުވެފައި އޮއްވާ ފެނުނީ 36 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް މިކަމާއި ބެހޭ އިތުރު އެއްވެސް ތަފްސީލެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް