ޔޫއެން ގެ ސެކެޓްރީ ޖެނެރަލް އާ ރާއްޖޭގެ ފޮރިން މިނިސްޓަރ ބައްދަލު ކުރައްވައިފި

އދ. ގެ ސެކްރެޓަރީ ޖެނެރަލް އޮންޓޯނިއޯ ގުޓަރޭޒް އާއި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ބައްދަލު ކުރައްވައިފި އެވެ. އދ. ގެ ސަލާމަތީ މަޖިލީހުގައި ބައިވެރިވުމަށް ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގައި...

26 Jan 2019 | 10:23

އދ. ގެ ސެކްރެޓަރީ ޖެނެރަލް އޮންޓޯނިއޯ ގުޓަރޭޒް އާއި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ބައްދަލު ކުރައްވައިފި އެވެ.

އދ. ގެ ސަލާމަތީ މަޖިލީހުގައި ބައިވެރިވުމަށް ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގައި އޮންޓޯނިއޯ ގުޓަރޭޒްއާ ބައްދަލު ކުރައްވައި މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ދެމެހެއްޓެނިވި ތަރައްގީގެ ކަންކަމުގައި އަޑުއުފުލައި ސެކްރެޓެރީ ޖެނެރަލްގެ މަސައްކަތަށް އެއްބާރުލުން ދެއްވާނެ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވި ކަމަށް ފޮރިން މިނިސްޓްރީއިން މައުލޫމާތުދެއެވެ.

އދ. ގެ އަންޑަރަ ސެކްރެޓަރީ ޖެނެރަލް އަދި ހައި ރެޕްރެޒެންޓޭޓިވް ފޮ ލީސްޓް ޑިވެލޮޕްޑް ކަންޓްރީޒް، ލޭންޑް ލޮކްޑް ޑިވެލޮޕިން ކަންޓްރީޒް އެންޑް ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް ފެކީޓާ ކޭ އުޓޮއިކަމާނޫއާވެސް މިނިސްޓަރު ބައްދަލުކުރައްވާފައިވާ ކަމަށާއި އެބައްދަލުވުމުގައި ދެމެހެއްޓެނިވި ތަރައްގީއާ ބެހޭ މަޝްވަރާތައް ކުރިކަމަށާއި، މީގެ އިތުރުން އދ. ގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް މިރޮސްލާވް ޖެންކާއާ އިންޑޮނީޝިއާގެ ހާރިޖީ ވަޒީރު ރެޓްނޯ މަރްސޫދީއާ ނޯވޭގެ ހާރިޖީ ވަޒީރުގެ ނައިބުއާ މިނިސްޓަރު ބައްދަލުކުރެއްވި ކަމަށާއި، މީގެ އިތުރުން ވެސް އިކުއިޓޯރަލް ގިނީގެ ފަރާތުން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރާއި މޮރިޝަސްއާ ބްރެޒިލާއި ބެލީޒާއި އިންޑިއާ އަދި ސްރީލަންކާ އިން އދ. އަށް ކަނޑައަޅާފައި ތިއްބަވާ ދާއިމީ މަންދޫބުންނާވެސް މިނިސްޓަރު ޝާހިދު ބައްދަލުކުރެއްވި ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

ނިއުޔޯކުގެ ދަތުރުފުޅު ނިންމަވާލުމަށް ފަހު މިނިސްޓަރ ޝާހިދު ވަނީ މިހާރު ލަންޑަނަށް ފުރާ ވަޑައިގެންފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް