ރ. މާކުރަތު ހެލްތު ސެންޓަރާއި ކޯޓު އިމާރާއި އަދި ކައުންސިލް އިދާރާ ފަޅާލި މައްސަލައިގާ ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ދެމީހަކާއި 19 އަހަރުގެ މީހެއްގެ އިތުރުން 62 އަހަރުގެ މީހެކެވެ.
ފުލުހުން އިއްޔެ ބުނެފައިވާގޮތުގައި އެ ރަށު ކައުންސިލް އިދާރާ އާއި ހެލްތު ސެންޓަރު އަދި ކޯޓު އިމާރާތް ފަޅާލި މައްސަލަ އިއްޔެ ރިޕޯޓްކޮށްފައިވަނީ ހެނދުނު 06:19ގައި ކަމަށެވެ.
"ހެލްތު ސެންޓަރުގެ ތިޖޫރި ވަނީ ވަގަށް ގެންގޮސްފައި އަދި އޮފީސް ތެރެއިން ގިނަ އަދަދެއްގެ ފައިސާ ވަގަށް ގެންގޮސްފައިވޭ، ކައުންސިލް އިދާރާގައި ހުރި ތިޖޫރި ހަލާކުކޮށް ގިނަ އަދަދެއްގެ ފައިސާ ވަގަށް ގެންގޮސްފައިވޭ" ފުލުހުން ބުނެފައިވެއެވެ.
އިތުރަށް ބުނެފައިވަނީ ކޯޓުގެ ތިޖޫރި ހަލާކުކޮށްފައިވީނަމަވެސް އެއްވެސް ފައިސާއެއް ތިޖޫރީގައި ނުހުންނާނެ ކަމަށް ކޯޓުން ބުނެފައިވާކަމަށާއި ނަމަވެސް އެ އޮފީސް ތެރޭގައި ބަހައްޓާފައި ހުރި ފައިސާތަކެއް ވަނީ ވަގަށް ނަގާފައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް