ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޓީއެފްޖީ ދުވުމުގައި ބައިވެރިވެވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙަމަދު ޓީ.އެފް.ޖީ. 5 ކިލޯމީޓަރު ދުވުމުގައި ބައިވެރިވެވަޑައިގެންފިއެވެ. އެމަނިކުފާނުގެ ދެކަނބަލުންގެ އަރިހުގައ...

26 Jan 2019 | 02:34

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙަމަދު ޓީ.އެފް.ޖީ. 5 ކިލޯމީޓަރު ދުވުމުގައި ބައިވެރިވެވަޑައިގެންފިއެވެ.

އެމަނިކުފާނުގެ ދެކަނބަލުންގެ އަރިހުގައި ގިނަ އަދަދެއްގެ ދުވުންތެރިންވެސް މި ދުވުމުގެ ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. މި ހަރަކާތަކީ ޓީ.އެފް.ޖީ.ގެ ފަރާތުން އިންތިޒާމްކޮށްގެން ލ. ގަމުގައި ބޭއްވި ދުވުމުގެ ބޮޑު ހަރަކާތެކެވެ.

މި ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އަނބިކަނބަލުން ލ އަތޮޅަށް ވަޑައިގެންނެވީ އިއްޔެގެ ވަގުތެއްގައެވެ. އިއްޔެ ހަވީރު މި ދުވުން ލޯންޗުކޮށްދެއްވީވެސް ރައީސުލްޖުމްހޫރިއްޔާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް