N/A
ޖަމްޢިއްޔަތުއްސަލަފާއި
އެޗްޑީސީ ގުޅިގެން، އާންމުންނަށް ހުޅުވާލައިގެން
ވަރަށް ހާއްސަ ދަރުހެއް ހުކުރު ދުވަހުގެ ރޭ ހުޅުމާލޭގައި ބޭއްވުމަށް
ތައްޔާރުވެއްޖެއެވެ.
"ފޭރާން"
މި މައުޟޫއަށް ހާއްސަކޮށްގެން މާދަމާރޭ ދަރުސް ދެއްވާނީ ޖަމްޢިއްޔަތުއްސަލަފްގެ
ނައިބު ރައީސް އަދި ޢިލްމުވެރިންގެ މަޖިލީހުގެ
ރައީސް އައްޝައިޚް އަޙްމަދު ސަމީރުއެވެ. ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެރޭ 08:30 ގައި
ހުޅުމާލެ ރުއްގަނޑު ތިނެއް ސަރަހައްދުގައެވެ.
އެޗްޑީސީއިން
ބުނެފައިވާގޮތުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ބާއްވާ މި ދަރުހަށް
ވީހާވެސް ގިނަ ބޭފުޅުން ވަޑައިގެންދެވުމަކީ ޖަމްޢިއްޔަތުއްސަލަފާއި އެޗްޑީސީގެވެސް
ވަރަށްބޮޑު އެދުމެކެވެ. އާންމުންނަށް ހުޅުވާލައިގެން ހުޅުމާލޭގައި ބާއްވާ މި
ދަރުސް "ދާރިސް ޓީވީ" އިން ލައިވްވެސް ކުރާނެއެވެ.
މިއަހަރު ނިމުމާ
ހަމައަށް އައި އިރު، ޖަމްޢިއްޔަތުއްސަލަފުން ވަނީ ދީނީ ހޭލުންތެރިކަން
އިތުރުކުރުމަށް ތަފާތު އެކިއެކި ހަރަކާތްތައް ހިންގާފައެވެ. އެފަދަ
ހަރަކާތްތަކުގައި އެޗްޑީސީން އަބަދުވެސް އަންނަނީ އެ ޖަމިއްޔާއަށް އެއްބާރުލުން ދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް