ކޮބާ ހއ ރެޑީތަ؟ ސައިކަލު ބަރުކޮށްގެން ލިޓަސްގެ "ސައިކަލު ރަށަށް" ޓީމު އެ ނައްޓާލަނީ ތި އަތޮޅަށް!

ލިޓަސް އިން މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ކުރިއަށްގެންދާ “ސައިކަލު ރަށަށް” ޕްރޮމޯޝަންގައި ހއ އަތޮޅަށް ދާން ނިންމައި އެ އަތޮޅަށް ބޭއްވި އިންތިހާބުގައި އެންމެ ކުރި ހޯދި ހަ ރަށް ހޮވައިފިއެވެ. ދުވަހަށ...

25 Dec 2019 | 10:52

ލިޓަސް އިން މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ކުރިއަށްގެންދާ “ސައިކަލު ރަށަށް” ޕްރޮމޯޝަންގައި ހއ އަތޮޅަށް ދާން ނިންމައި އެ އަތޮޅަށް ބޭއްވި އިންތިހާބުގައި އެންމެ ކުރި ހޯދި ހަ ރަށް ހޮވައިފިއެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން ލިޓަސްގެ ސީނިއާ މާކެޓިން މެނޭޖަރ އާސިފް ރަޝީދު ވިދާޅުވީ ލިޓަސްއިން ވިއްކާ ސައިކަލުތަކާއެކު އަންނަ އާ އަހަރުގެ ޖަނަވަރީ މަހުގެ އެކަކުން ހަތަކަށް ލިޓަސްގެ “ސައިކަލު ރަށަށް” ޓީމު އުޅޭނީ ހއ އަތޮޅުގައި ކަމަށެވެ.

“މިފަހަރު ތިޔަބޭފުޅުން ރަށުގައި ހުއްޓާ ސައިކަލު ރަށަށް.” މި ޝިޔާރުގެ ދަށުން މި އަހަރުގެ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ލިޓަސް އިން ފެށި މި ޕްރޮމޯޝަންގައި މިހާތަނަށް ރ. އަތޮޅާއި ށ. އަތޮޅުގެ އިތުރުން ނ. އަތޮޅުގެ ރަށްތަކަށް ސައިކަލުތަކާއެކު ގޮސްފައިވެއެވެ.

ކޮންމެ އަތޮޅެއްގައިވެސް ދާނެ ރަށްތައް ލިޓަސް އިން ހޮވަނީ ލިޓަސްގެ ފޭސްބުކް ޕޭޖްގައި އިންތިހާބެއް ބާއްވައިގެންނެވެ. ފޯރިގަދަ އިންތިހާބަކަށްފަހު އެންމެ ގިނަ ވޯޓު ލިބޭ ރަށްތަކަށް “ސައިކަލު ރަށަށް” ޓީމު ދާން ނިންމައެވެ.

އެގޮތުން ހއ. އަތޮޅަށް ހުޅުވާލި އިންތިހާބުގެ ނަތީޖާއަށް ބަލައި އެންމެ ގިނަ ވޯޓު ލިބުނު ހަ ރަށަށް ދާން ނިންމައި ލިޓަސް އިން މިހާރު ވަނީ އެކަން އިއުލާނު ކޮށްފައެވެ. އިންތިހާބުން އެންމެ ކުރި ހޯދި ހއ. އަތޮޅުގެ ފަސް ރަށަކީ ހއ. ބާރަށް، ހއ. ކެލާ، ހއ. ދިއްދޫ، ހއ. އިހަވަންދޫ އަދި ހއ. ހޯރަފުއްޓެވެ.

“ވަރަށްވެސް ފުރިހަމަ އަގުލަބިއްޔަތަކުން ނަތީޖާގެ އެންމެ ކުރީގައި އުޅެނީ ހ.އ ދިއްދޫ 29.3%) ????????

‎ނަތީޖާއިން ފުރިހަމަ ދެވަނައަށް ގޮސްފައިވަނީ ހ.އ ހޯރަފުށި (15%)

‎ތިންވަނައަށް ހޮވިފައިވަނީ ހ.އ އިހަވަންދޫ (14.4

‎ހަތަރުވަނައަށް ހޮވިފައިވަނީ ހ.އ ކެލާ (12.8%)

‎ފަސްވަނައަށް ހޮވިފައިވަނީ ހ.އ ބާރަށް (10.2%)

ހޮވުނު ހުރިހާ ރަށްތަކެއްގެ ރައްޔިތުންނަށް މަރުހަބާ! ވޯޓުދެއްވި އެންމެހާ ބޭފުޅުންނަށް ޝުކުރިއްޔާ! ????❤️” ނަތީޖާތައް އިއުލާނުކޮށް ލިޓަސްގެ ފޭސްބުކް ޕޭޖްގައި ބުނެފައިވެއެވެ.

މި ޕްރޮމޯޝަންގައި ސައިކަލާއެކު ލިޓަސް އިން ރަށަށް ދާއިރު އެ ރަށަކަށް ނައްޓާލުމުގެ ކުރިންވެސް ލިޓަސްގެ ފޭސްބުކް ޕޭޖްގައި އެކަން އިއުލާނު ކުރެއެވެ. އަދި އެ ރަށެއްގެ ފޯކަލް ޕޮއިންޓެއްގެ ނަމްބަރުވެސް އިއުލާނުކުރެއެވެ. އެގޮތުން ހއ. އަތޮޅުގެ ފޯކަލް ޕޮއިންޓްގެ މައުލޫމާތު މިހާރު ވަނީ ލިޓަސް އިން އާންމުކޮށްފައެވެ.

އާސިފް ވިދާޅުވީ އެ އަތޮޅަކަށް “ސައިކަލު ރަށަށް” ޓީމު ދާނީ ލިޓަސްއިން ގަންނަން ލިބޭ ސައިކަލުތަކުގެ ތެރެއިން ރިކުއެސްޓްކުރާ މޮޑެލްތަކުގެ އިތުރުން މިއަދު ރާއްޖޭގައި އެންމެ މަގުބޫލު ސައިކަލުތައްވެސް ހިފައިގެންކަމަށެވެ. އަދި އެ ޓީމު އެ ރަށަކަށް ދާނީ ހަމަ އެ ދުވަހު، ސައިކަލު ބައްލަވައިގަންނަ ފަރާތާ ސައިކަލު ހަވާލުކުރެވޭގޮތަށް ކަމުގައިވެސް އާސިފް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް