ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އުފާވެރިކަން މިފަހަރު ކުމުންދޫ، ކުރިނބީ، ހޯރަފުށި، ވިލިފުށި އަދި ތ. ގުރައިދުއަށް

އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފްކުރި ...

25 Dec 2019 | 06:28

އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފްކުރި އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑުގެ ހަތަރުވަނަ ކުއާޓަރގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 5 ޕްރޮޖެކްޓް ހޮވައިފިއެވެ.

މި 5 ޕްރޮޖެކްޓަކީ:

ހދ.ކުމުންދޫގައި ސޯލާ ލައިޓް ހަރުކުރުން –- އަމީން މުހައްމަދު

ތ. ގުރައިދޫގައި ޕްލާސްޓިކް ރިސައިކްލިންގ ޕޮއިންޓެއް ގާއިމްކުރުން–- ގްލޯބަލް ސިޓިޒަން ސޮސައިޓީ

ހދ. ކުރިނބީގައި އައުޓްޑޯ ފިޓްނަސް ޕާކެއް ހެދުން –- އާދަމް ޝަޒީމް

ހދ. ހޯރަފުށީގައި ކުޑަކުދިންގެ ޕާކެއް ހެދުން –- ހޯރަފުށި ޔޫތް ޑިވަލޮޕްމަންޓް ސޮސައިޓީ

ތ. ވިލުފުށީގައި އައުޓްޑޯ ޖިމް އެއް ހެދުން – ވަސަނަ  ޖަމިއްޔާ

"ބޭންކުގެ އެންމެ ބޮޑު އެއް އަމާޒަކީ ބޭންކަށް ލިބޭ ފައިދާ އަނބުރާ މުޖުތަމައަށް ފޯރުކޮށްދިނުން. ކޮމިއުނިޓީ ފަންޑާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދީ މުޖުތަމައުގެ ކުރިއެރުމަށާއި ލާބައަށް ކުރާ މަސައްކަތް  މިވަނީ އިތުރުވެގެން ގޮސްފަ. މިއާއެކު މިއަހަރުތެރޭ ކޮމިއުނިޓި ފަންޑްގެ ދަށުން މިވަނީ ޖުމްލަ 20 ރަށެއްގައި މުޖުތަމައަށް ނުހަނު ބޮޑަށް ފައިދާކުރާ ޕްރޮޖެކްޓްތަކެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދީފައި." ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވިއެވެ.

'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' އިފްތިތާހްކޮށްފައިވަނީ ދިވެހިންނާއި ދިވެހި މުޖުތަމައުތަކާ އޮތް ގުޅުން ބަދަހި ކުރުމަށް "އަހަރެންގެ ބޭންކް"ގެ ނަމުގައި މުޅި ރާއްޖެއަށް އަމާޒުކޮށްގެން ބޭންކުން ކުރިއަށްގެންދާ ޕްރޮގްރާމް ދަށުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް