ދިވެހިން އާންމުކޮށް ގޮސް އުޅޭ ގައުމެއް ކަމުގައިވާ މެލޭޝިއާގައި ދިވެއްސަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފޮރިން މިނިސްޓްރީން މިކަން ކަށަވަރުކޮށްދީފައިވއިރު ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މެލޭޝިއާގައި މަރުވެފައިވަނީ މުހައްމަދު ޝިނާން ނަމަކަށް ކިޔާ މީހެކެވެ. ނަމަވެސް އޭނާގެ މަރާއިބެހޭ އިތުރު ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.
މިކަމާއިމެދު ފޮރިން މިނިސްޓްރީން ބުނެފައިވަނީ މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީއާއި ގުޅިގެން، އެކަން ހިނގިގޮތް ބަލަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް