ކުނި ބަރުކޮށްގެން ދަތުރުކުރަމުންދިޔަ ދޯންޏެއް ދިޔަވަ އަޑިއަށްދާތީ ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފި

ކުނި ބަރުކޮށްގެން ދަތުރުކުރަމުންދިޔަ ދޯންޏެއް ދިޔަވެ އަޑިއަށްދާތީ ކޯސްޓްގާޑުން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން އެމްއެންޑީއެފުން ބުނެފައިވާގޮ...

25 Dec 2019 | 02:23

ކުނި ބަރުކޮށްގެން ދަތުރުކުރަމުންދިޔަ ދޯންޏެއް ދިޔަވެ އަޑިއަށްދާތީ ކޯސްޓްގާޑުން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން އެމްއެންޑީއެފުން ބުނެފައިވާގޮތުގައި އެ ދޯންޏަކީ ވ. އަލިމަތާ ރިސޯޓުން ފުރައިގެން ކ. ތިލަފުއްޓަށް ދަތުރުކުރި "ރަންމުތް" ދޯނި ކަމަށެވެ. އެ ދޯނި ދިޔަވެ އަޑިއަށް ދާން ފަށާފައިވަނީ ކ. މާފުށި ކަނޑުއޮޅި ކައިރިން ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

"މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭ މެންދަމު 03:00 ހާއިރު، އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ހަރަކާތެރިވަނީ" އެމްއެންޑީއެފުން ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވަނީ އެ ދޯނީގައި ތިބީ ދިވެއްސަކާއި ދެ ބިދޭސީން ކަމަށާއި ދޯނީގެ އިންޖީނު ވެސް ވަނީ ހުއްޓިފައި ކަމަށެވެ. އިންޖީނު ހުއްޓުނީ ދިޔަވުމުގެ ސަބަބުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް