ހަރުކަށި ފިކުރު ފަތުރާ ފަރާތްތަކާއިބެހޭ މައުލޫމާތު ސަލާމަތީ ހިދުމަތްތަކަށް ފޯރުކޮށްދިނުމަށް އެދިއްޖެ

ހަރުކަށި ފިކުރު ފަތުރާ ފަރާތްތަކާއިބެހޭ މައުލޫމާތު ސަލާމަތީ ހިދުމަތްތަކަށް ފޯރުކޮށްދެއްވަމުން ގެންދެވުމަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން އެދިއްޖެއެވެ. އެ ސެންޓަރުން މިކަމަށް އެދިފައިވަނީ ނެ...

25 Dec 2019 | 02:12

ހަރުކަށި ފިކުރު ފަތުރާ ފަރާތްތަކާއިބެހޭ މައުލޫމާތު ސަލާމަތީ ހިދުމަތްތަކަށް ފޯރުކޮށްދެއްވަމުން ގެންދެވުމަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން އެދިއްޖެއެވެ.

އެ ސެންޓަރުން މިކަމަށް އެދިފައިވަނީ ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ ޓެރަރިޒަމާއި ހަރުކަށި ފިކުރަކީ މުޅި އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލަކަށް ވެފައިވާއިރު މިއީ އަންނަން އޮތް ޖީލުތަކަށް ފިކުރީގޮތުން ކުރިއަރާދިއުމާއި ގައުމީ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރިމަތިވަމުން އަންނަ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.

"ހަރުކަށި ފިކުރުތައް ފަތުރާ މީހުން ރެއާއި ދުވާލު، އިންޓަނެޓްގެ ވަސީލަތްތަކާއި، ސޯޝަލް މީޑިއާގެ ވަސީލަތްތަކާއި، ސިއްރިޔާތުގައި، އެބައިމީހުންގެ ފަނާކުރަނިވި ފިކުރު ފަތުރަން ގިނަގުނަ ރޭވުންތައް ރާވާ އެބައިމީހުންގެ ފިކުރު ފެތުރުމަށްޓަކައި މަސައްކަތް ކުރަމުންދެއެވެ." އެންސީޓީސީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން މިކަންކަމަށް އެންމެހާ ލޮބުވެތި ރައްޔިތުން ސަމާލުވެވަޑައިގަތުމަށް އެ ސެންޓަރުން އިލްތިމާސްކޮށްފައިވެއެވެ. އަދި މިފަދަ ނުރައްކާތަކާއިމެދު ސަމާލުވެލެއްވުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ. އަދި މައުލޫމާތު ދެއްވުމަށް ގުޅާނޭ ނަމްބަރުތައްވެސް ހިއްސާކޮށްފައިވެއެވެ.

އެގޮތުން ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ އީމެއިލް [email protected] އަދި ހޮޓްލައިން ނަމްބަރު 1615 އަދި މޯލްޑިވްސސް ޕޮލިސް ސާވިސްގެ އީމެއިލް [email protected] އަދި ފުލުހުންގެ ފޯނު ނަމްބަރު 9704000 ހިއްސާކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް