ޓިކްޓޮކް ތަރި ނިމްޝާ އެމްއެންޕީއަށް ސޮއިކޮށްފި

ސޯޝަލް މީޑިއާ ނެޓްވޯކް ޓިކްޓޮކްގައި މަޝްހޫރު ފަންނާނު ނިމްޝާ ޒާހިރު (ނިމް) މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އަށް ސޮއިކޮށްފި އެވެ. އޭނާ ޕާޓީއަށް ސޮއިކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި އެވެ. އެމްއެނ...

25 Nov 2021 | 04:07

ސޯޝަލް މީޑިއާ ނެޓްވޯކް ޓިކްޓޮކްގައި މަޝްހޫރު ފަންނާނު ނިމްޝާ ޒާހިރު (ނިމް) މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އަށް ސޮއިކޮށްފި އެވެ.

އޭނާ ޕާޓީއަށް ސޮއިކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި އެވެ.

އެމްއެންޕީން ބުނީ އިއްޔެ ގިނަ އަދަދެއްގެ މީހުން އެ ޕާޓީއާއި ގުޅުނު ކަމަށެވެ. އޭގެ ތެރޭގައި މުނިފޫހިފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަންނާނު ނިމްޝާ ހިމެނޭ.

ކަމަށެވެ. އޭނާ އަކީ އަރަމުން އަންނަ ހުނަރުވެރި ޒުވާން ފަންނާނެއް ކަމަށް އެ ޕާޓީން ބުންޏެވެ.

https://twitter.com/MNP_Secretariat/status/1463470052095660036

މިމަހު ކުރީކޮޅު ޓިކްޓޮކް ތަރި މަރިޔަމް ޝިފާވެސް ވަނީ އެމްއެންޕީއަށް ސޮއިކޮށްފަ އެވެ. އަދި ފިލްމީ ދާއިރާގެ ގިނަ ފަންނާނުންތަކެއް އެ ޕާޓީއަށް މިދިޔަ ދެ ތިން މަސްތެރޭގައި ސޮއިކޮށްފައިވެ އެވެ.

އެމްއެންޕީން ވަނީ މިދިޔަ ކުރު މުއްދަތުގެ ތެރޭގައި10،000 މެމްބަރުން ޕާޓީއަށް ހަމަކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް