މެރިން އިކުއިޕްމަންޓްސް ގެ ފަރާތުން އިންތިޒާމްކޮށްގެން ސީ ލައިން ޕްރޮޑަކްޓްސް އަށް ހާއްސަ ވޯކްޝޮޕެއް ބާއްވަނީ

މެރިން އިކްއިޕްމަންޓްސް ޕްރައިވެޓް ލިމިޓެޑް އާއި ޕޮލޭންޑްގެ ސީލައިން ބްރޭންޑްއާއި ގުޅިގެން ކަނޑު އުޅަނދު ފަހަރުގައި ލާ ދަވާދު،  އެންޓިފައުލިން،އަދި ސީލައިންގެ އެހެނިހެން އުފެއްދުންތަކާއިބެހޭ ޚާއްސަ ވޯ...

25 Nov 2019 | 17:31

މެރިން އިކްއިޕްމަންޓްސް ޕްރައިވެޓް ލިމިޓެޑް އާއި ޕޮލޭންޑްގެ ސީލައިން ބްރޭންޑްއާއި ގުޅިގެން ކަނޑު އުޅަނދު ފަހަރުގައި ލާ ދަވާދު،  އެންޓިފައުލިން،އަދި ސީލައިންގެ އެހެނިހެން އުފެއްދުންތަކާއިބެހޭ ޚާއްސަ ވޯކްޝޮޕެއް 08 ޑިސެމްބަރ 2019 ގައި ހިންގުމަށް ތައްޔާރުވަމުން އެބަދެއެވެ .

ސީލައިންގެ ޓެކްނިކަލް ޓީމަކުން ހިންގާ މި ވޯކްޝޮޕަކީ ކަނޑު އުޅަނދު ފަހަރުގައިބޭނުން ކުރާ ދަވާދު، އެންޓިފައުލިން އަދި އެހެނިހެން ސީލައިންގެ އުފެއްދުންތަކާއިބެހޭ ޓެކްނިކަލް މަޢުލޫމާތާއި، ބޭނުން ކުރާނެގޮތް ދަސްކޮއްދިނުމާއި މިފަދަ ތަކެތިން ތިމާވެއްޓަށް ކުރާނެ އަސަރުތަކާއި އުފެދޭ ކުނި ރަނގަޅު ގޮތުގައި ނައްތާލާނެ ގޮތް ދަސްކޮށް ދިނުމަށް ރާވައި ހިންގޭނެ ވޯކްޝޮޕެއް ކަމުގައި މެރިން އިކުއިޕްމަންޓްސް އިން ބުނެއެވެ.

"މި ވޯކްޝޮޕް އަމާޒުކުރެވިފައި ވަނީ ދިވެހިރާއްޖޭގައި އޮޑިދޯނިފަހަރާއި ލާންޗްފަހަރު ބޭނުން ކުރާފަރާތްތަކާއި ކަނޑު އުޅަނދު ބަނދެ މަރާމާތުކުރާ ފަރާތްތަކާއި ބޯޓްޔާރޑްތަކަށެވެ. އަދި ޖާގައޮތްމިންވަރަކުން މެރިން އިކްއިޕްމަންޓްސް ޕްރައިވެޓް ލިމިޓެޑް ގެކަސްޓަމަރުންނަށް ވެސް މި ވޯކްޝޮޕް ގައި ބައިވެރި ވުމުގެ ފުރުސަތު ދެވޭނެ އެވެ." މެރިން އިކުއިޕްމަންޓުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

މެރިން އިކްއިޕްމަންޓްސް ޕްރައިވެޓް ލިމިޓެޑް އަކީ ސީލައިން ޕެއިންޓްސް އަދި އެންޓިފައުލިންގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރ އެވެ. މީގެ އިތުރުން ވެސް ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކަނޑު އުޅަނދުފަހަރާއި ބެހޭ ސާމާނުގެ ވިޔަފާރި ކުރާ އެއް ކުންފުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް