ސައިކަލު ރަށަށް: ކޮބާ ނޫނު އަތޮޅު ރެޑީތަ؟ ސައިކަލާއެކު ލިޓަސްގެ ޓީމު ބުދަ ދުވަހު ނޫނަށް ދާނެ

ލިޓަސް އިން މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ކުރިއަށްގެންދާ "ސައިކަލު ރަށަށް" ޕްރޮމޯޝަންގައި ނޫނު އަތޮޅަށް ދާން ނިންމައި އެ އަތޮޅަށް ބޭއްވި އިންތިހާބުގައި އެންމެ ކުރި ހޯދި ހަ ރަށް ހޮވައިފިއެވެ. ދުވަހ...

25 Nov 2019 | 13:46

ލިޓަސް އިން މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ކުރިއަށްގެންދާ "ސައިކަލު ރަށަށް" ޕްރޮމޯޝަންގައި ނޫނު އަތޮޅަށް ދާން ނިންމައި އެ އަތޮޅަށް ބޭއްވި އިންތިހާބުގައި އެންމެ ކުރި ހޯދި ހަ ރަށް ހޮވައިފިއެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން ލިޓަސްގެ ސީނިއާ މާކެޓިން މެނޭޖަރ އާސިފް ރަޝީދު ވިދާޅުވީ ލިޓަސްއިން ވިއްކާ ސައިކަލުތަކާއެކު މި މަހުގެ 27 އިން އަންނަ ޑިސެމްބަރު މަހުގެ ހަޔަކާއި ހަމައަށް ލިޓަސްގެ "ސައިކަލު ރަށަށް" ޓީމު އުޅޭނީ ނޫނު އަތޮޅުގައި ކަމަށެވެ.

"މިފަހަރު ތިޔަބޭފުޅުން ރަށުގައި ހުއްޓާ ސައިކަލު ރަށަށް." މި ޝިޔާރުގެ ދަށުން މި އަހަރުގެ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ލިޓަސް އިން ފެށި މި ޕްރޮމޯޝަންގައި މިހާތަނަށް ރ. އަތޮޅާއި ށ. އަތޮޅުގެ ރަށްތަކަށް ސައިކަލުތަކާއެކު ގޮސްފައިވެއެވެ. މިހާރު އެ ޓީމުން ދަތުރު ހަދަމުންދަނީ ނޫނުގެ ރަށްތަކަށް ދިއުމަށް ކަމުގައިވެސް އާސިފް ވިދާޅުވިއެވެ.

ކޮންމެ އަތޮޅެއްގައިވެސް ދާނެ ރަށްތައް ލިޓަސް އިން ހޮވަނީ ލިޓަސްގެ ފޭސްބުކް ޕޭޖްގައި އިންތިހާބެއް ބާއްވައިގެންނެވެ. ފޯރިގަދަ އިންތިހާބަކަށްފަހު އެންމެ ގިނަ ވޯޓު ލިބޭ ރަށްތަކަށް "ސައިކަލު ރަށަށް" ޓީމު ދާން ނިންމައެވެ.

އެގޮތުން ނޫނު އަތޮޅަށް ހުޅުވާލި އިންތިހާބުގެ ނަތީޖާއަށް ބަލައި އެންމެ ގިނަ ވޯޓު ލިބުނު ހަ ރަށަށް ދާން ނިންމައި ލިޓަސް އިން އިއްޔެ ވަނީ އެކަން އިއުލާނު ކޮށްފައެވެ. އިންތިހާބުން އެންމެ ކުރި ހޯދި ނޫނު އަތޮޅުގެ ހަ ރަށަކީ ވެލިދޫ، ހޮޅުދޫ، މިލަދޫ، މަނަދޫ، މާޅެންދޫ އަދި ކެނދިކުޅުދޫއެވެ.

"ވަރަށްވެސް ފުރިހަމަ އަގުލަބިއްޔަތަކުން ނަތީޖާގެ އެންމެ ކުރީގައި އުޅެނީ ނ. މަނަދޫ (25.4%) ????????

ނަތީޖާއިން ފުރިހަމަ ދެވަނައަށް ގޮސްފައިވަނީ ނ. ކެނދިކުޅުދޫ (16.3%)

ތިންވަނައަށް ހޮވިފައިވަނީ ނ. ވެލިދޫ (15.2%)

ހަތަރުވަނައަށް ހޮވިފައިވަނީ ނ. މިލަދޫ (13.2%)

ފަސްވަނައަށް ހޮވިފައިވަނީ ނ. ހޮޅުދޫ (8.2%)

ހަވަނައަށް ހޮވިފައިވަނީ ނ. މާޅެންދޫ (6.5%)" ނަތީޖާތައް އިއުލާނުކޮށް ލިޓަސްގެ ފޭސްބުކް ޕޭޖްގައި ބުނެފައިވެއެވެ.

މި ޕްރޮމޯޝަންގައި ސައިކަލާއެކު ލިޓަށް އިން ރަށަށް ދާއިރު އެ ރަށަކަށް ނައްޓާލުމުގެ ކުރިންވެސް ލިޓަސްގެ ފޭސްބުކް ޕޭޖްގައި އެކަން އިއުލާނު ކުރެއެވެ. އަދި އެ ރަށެއްގެ ފޯކަލް ޕޮއިންޓެއްގެ ނަމްބަރުވެސް އިއުލާނުކުރެއެވެ.

އާސިފް ވިދާޅުވީ އެ އަތޮޅަކަށް "ސައިކަލު ރަށަށް" ޓީމު ދާނީ ލިޓަސްއިން ގަންނަން ލިބޭ ސައިކަލުތަކުގެ ތެރެއިން ރިކުއެސްޓްކުރާ މޮޑެލްތައް ހިފައިގެންކަމަށެވެ. އަދި އެ ޓީމު އެ ރަށަކަށް ދާނީ ހަމަ އެ ދުވަހު، ސައިކަލު ބައްލަވައިގަންނަ ފަރާތާ ސައިކަލު ހަވާލުކުރެވޭގޮތަށް ކަމުގައިވެސް އާސިފް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް