ޖާބިރުގެ ކޭބަލްކާރު ވައުދު ފުއްދުމަށް ދިރާސާ ކުރަން ތަޖްރިބާކާރެއް ކާށިދޫއަށް

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، އެ ދާއިރާ ކޭބަލް ކާރުން ގުޅުވާލަދޭނެ ކަމަށް ބުނެ ވި ވައުދު ފުއްދުމަށްޓަކައި، އެ މަސައްކަތް ފެށުމަށް ކުރަންޖެހޭ ދިރާސާތައް ކު...

25 Nov 2019 | 10:04

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، އެ ދާއިރާ ކޭބަލް ކާރުން ގުޅުވާލަދޭނެ ކަމަށް ބުނެ ވި ވައުދު ފުއްދުމަށްޓަކައި، އެ މަސައްކަތް ފެށުމަށް ކުރަންޖެހޭ ދިރާސާތައް ކުރުމަށް އިޓަލީގެ ތަޖްރިބާ ކާރުންގެ ޓީމެއް ކާށިދޫއަށް ގޮސްފިއެވެ.

ޖާބިރު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގާފަރާއި ކާށިދޫ ކޭބަލް ކާރުން ގުޅާލުމުގެ މަސައްކަތު ދިރާސާއެއް ކުރުމަށް އިޓަލީގެ އެންމެ ބޮޑު އިންޖީނިއަރިން ކުންފުންޏެއް ކަމުގައިވާ ސިންޓެކްނިކާ އިންޖީނިއަރިންގެ ރައީސް ލުކާ އާއި އެސޯސިއޭޓް މާކަސް ރާއްޖެ ވަޑައިގެންފައިވާ ކަމަށެވެ.

އެ ދެ ރަށް ކޭބަލް ކާރުން ގުޅުވާލުމަކީ، މިދިޔަ އޭޕްރީލް މަހު ބޭއްވި މަޖިލިސް އިންތިޚާބުގައި ޖާބިރު ވެވަޑައިގެންނެވި ވައުދެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް