އުމުރުން އެންމެ ހަ އަހަރުގައި ޤުރްއާން ހިތުދަސްކުރި ޔޫސުފް ބިން މާޒިން އާ، އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ބައްދަލުކުރައްވައި، ހަދިޔާ ދެއްވާ ހިތްވަރު ދެއްވައިފިއެވެ.
އެ ބައްދަލުކުރެއްވުމުގައި އިސްލާމިކް މިނިސްޓަރ ވަނީ ޔޫސުފަށް ހަތިމެއް ހަދިޔާ ކުރައްވާ، ޔޫސުފު ކުރެއްވި މަސައްކަތަށް ސާބަސް ދެއްވައި، އެގޮތުގައި ކުރިއަށް ދިއުމަށް ހިތްވަރު ދެއްވާފައެވެ.
އަމިއްލަ ޕްރީ ސްކޫލެއް ކަމަށް ވާ ދޮންދޫނީގައި ޕްރީ ސްކޫލް ނިންމި ޔޫސުފް ގުރުއާން ހިތުދަސްކުރި ނަމަވެސް ހާފިޒު ކަމުގެ ސަނަދު ލިބޭނީ ގުރުއާނާ ބެހޭ މަރުކަޒުގައި އޮންނަ އެކަމަށް ޚާއްސަ ކޮމެޓީއަކަށް ޤުރުއާން އެއްކޮށް ކިޔައިދިނުމުންނެވެ.
މިއީ ރާއްޖޭގައި އުމުރުން ހަ އަހަރުގެ ކުއްޖަކު ގުރުއާން އެއްކޮށް ހިތުދަސްކޮށްފައިވާ ފުރަތަމަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް