ދިވެހި ރާއްޖޭގައި އަންހެން ކަނބަލަކު އުފެއްދެވި ފުރަތަމަ ޕާޓީ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ރަޖިސްޓްރީ އެ ޕާޓީއާއި މިއަދު ހަވާލުކޮށްފިއެވެ.
ޕާޓީގެ ރަޖިސްޓްރީ އެ ޕާޓީއާއި ހަވާލުކޮށްފައިވަނީ މިއަދު އިލެކްޝަންސް ކޮމިޝަންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިސްޔާތުގައި އެމްއާރުއެމްގެ އިސް ޓީމެއް ބައިވެރިވެފައިވެއެވެ.
ޕާޓީގެ ރަޖިސްޓްރީ ހަވާލުކޮށްދެއްވީ އީސީގެ ރައީސް އަހްމަދު ޝަރީފެވެ. ޕާޓީގެ ރަޖިސްޓްރީއާއި ހަވާލުވެލެއްވީ އެ ޕާޓީގެ އިންތިގާލީ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރު އަދި ހަޔަރ އެޑިއުކޭޝަން މިނިސްޓރު ޑރ. އިބްރާހިމް ހަސަން އެވެ.
އެމްއާރުއެމް ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށް ޕާޓީގެ ރަޖިސްޓްރީ އެ ޕާޓީއާއި މިއަދު ހަވާލުކޮށްފައިވާއިރު އެމްއާރުއެމް ޕާޓީއަކީ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން އުފެއްދެވި ޕާޓީއެކެވެ. ޕާޓީ އުފެއްދުމުގެ ޖަލްސާ މި މަހުގެ ހަތްވަނަ ދުވަހުގެ ރޭ ބާއްވާފައިވާއިރު ޕާޓީގެ އިންތިގާލީ ރައީސަކަށް ޔުމްނާ މައުމޫންގެ ބައްޕާފުޅު، ރައީސް މައުމޫން ވަނީ އިންތިހާބުކޮށްފައެވެ.
ޕާޓީ އުފެއްދުމަށް ބޭއްވި ޖަލްސާގައި އެ ޕާޓީގެ ލޯގޯ އާއި ކުލަ ޕާޓީގެ އަސާސީ ގަވާއިދު ފާސްކޮށް ޕާޓީގެ އިންތިގާލީ ކޮމިޓީތައްވެސް އެކުލަވާލާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް