އެހެން މީހުންގެ އުޅުމަށް ފާޑު ކިޔުމުގެ ކުރިން ތިމާގެ އަމިއްލަ އަމަލުތަކަށް ބަލައި ނަފުސު އިސްލާހު ކުރުން މުހިންމު ކަމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން އެފަދައިން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި މައުމޫނު ވިދާޅުވީ، ކޮންމެ ފަރުދެއް ވެސް އެމީހެއްގެ އަމިއްލަ ނަފްސު އިސްލާހު ކޮށްފިނަމަ މުޅި މުޖުތަމައު އިސްލާހުވެގެންދާނެ ކަމަށެވެ.
" ކޮންމެ މީހަކު ވެސް ތިމާގެ އަމިއްލަ ނަފްސު އިސްލާހު ކޮށްފިނަމަ މުޅި މުޖުތަމައު އޮންނާނީ އިސްލާހު ވެފަ" މައުމޫނު ވިދާޅުވިއެވެ.
މީގެއިތުރުން، މީހަކަށް ނަސޭހަތެއް ދޭނަމަވެސް، އެކަން ކުރަން ވާނީ މާތްﷲ އަންގާފައިވާ ގޮތުގެ މަތިން ކަން ވެސް މައުމޫން ފާހަގަކުރެއްވިއެވެ.
މައުމޫން މިފަދައިން ޓްވީޓު ކޮށްފައި މިވަނީ މަރުތަކާ ބެހޭ ކޮމިޝަނުގެ ފަރާތުން ޑރ.އަފްރާޝީމްގެ މަރާ ބެހޭ ގޮތުންނާއި، ރިލްވާން ގެއްލުމާއި ބެހޭގޮތުން ތަފްސީލީ ރިޕޯޓެއް ނެރެގެން، އެ ރިޕޯޓުގައި ވާހަކަތަކާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ކުރެވޭ ބަހުސްތައް އިތުރުވެފައިވާ ވަގުތެއްގައެވެ.
https://twitter.com/maumoonagayoom/status/1198838073397665792
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް