މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ ( އެމްޑީޕީ)ގެ އެތެރޭގެ އިންތިހާބުގައި، އެ ޕާޓީގެ ނައިބު ރައީސްކަމުގެ މަގާމަށް ކުރިމަތިލައްވާ ނާކާމިޔާބު ވެލެއްވުމުން މުހައްމަދު އަސްލަމް ހުށަހެޅުއްވި ޝަކުވާތަކަށް ޖަވާބު ދާރީ ވުމަށްފަހު އެ އިންތިހާބުގެ ވަގުތީ ނަތީޖާތައް އިއުލާންކޮށްފިއެވެ.
އަސްލަމް އިންތިހާބާއި ގުޅިގެން 11 ޝަކުވާއެއް ހުށަހަޅުއްވާފައިވާ ކަމަށާއި ވަގުތީ ނަތީޖާތައް އިއުލާނުކުރީ އެ ޝަކުވާތަކަށް ޖަވާބު ދާރީ ވެފައި ކަމަށް އެމްޑީޕީ އިން މައުލޫމާތު ދެއެވެ.
އެމްޑީޕީގެ ލީޑަރޝިޕް އިންތިޚާބްގައި ފަންސަވީސް ހާސް އެއް ސަތޭކަ ދެ މީހަކު ވޯޓްލާފައިވެއެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން އެމްޑީޕީގެ ރައީސްގެ މަޤާމަށް 2 ވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަތް ރައީސް ނަޝީދަށް ސައުވީސް ހާސް ދުއިސައްތަ ދެ ވޯޓް ލިބިވަޑައިގެންފައިވެއެވެ. ވާދަވެރިކަން ބޮޑުވި ނައިބް ރައީސްގެ އިންތިޚާބް ކާމިޔާބްކުރެއްވި ޝިފާޒާއި، އޭނާއައި ވާދަކުރެއްވި އަސްލަމްއާއި ދޭތެރޭގައި ދެހާސް ނުވަ ސަތޭކަ ހަތްދިހަ ފަސް ވޯޓުގެ ތަފާތެއްވާކަމަށް ވަގުތީ ނަތީޖާއިން ދައްކައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް