އެއާލައިން ހިންގުމުގެ ދާއިރާގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ މަންޓާ އެއާ އިން ރާއްޖޭގެ އައު މަންޒިލަކަށް ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ.
އެގޮތުން މަންޓާއިން ބުނެފައިވަނީ ދަތުރުތައް ފަށާނެ ތިންވަނަ މަންޒިލް މި ހަފްތާގެ ތެރޭގައި ހާމަކުރާނެކަން މަންޓާއިން ވަނީ ބުނެފައެވެ. ނަމަވެސް އެއީ ކޮން މަންޒިލެއްކަން އަދި ހާމަކޮށްފައެއް ނުވެއެވެ.
މަންޓާއިން މިހާރު ދަތުރުތައް ކުރަމުން އަންނަނީ ބ. ދަރަވަންދޫ އަދި ދ. ކުޑަހުވަދޫއަށެވެ.
މަންޓާއިން އައު މަންޒިލަކަށް ދަތުރުތައް ފަށާނެކަން އިއުލާނުކޮށްފައިވާއިރު މިދިޔަ ހަފްތާގައި އެ އެއާލައިނުން ވަނީ އެ އާލައިންގެ ސީޕްލޭން ޓާމިނަލް ހުޅުވައި ސީޕްލޭންގެ ހިދުމަތްވެސް ފަށާފައެވެ. އެ ހިދުމަތުގެ ފްލީޓަށް މިހާރު ފަސް ސީޕްލޭން ގެނެސްފައިވާއިރު ހަވަނަ ސީޕްލޭން މާމަދާ ގެންނާނެ ކަމަށް އެ އާލައިނުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް