ރާއްޖޭގައި ހިންގާ އެއްވެސް އެއާޕޯޓެއް އޮޕަރޭޓް ކުރުމުގެ މަސައްކަތް ބޭރު ގައުމެއްގެ ބަޔަކާ ހަވާލުކުރުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުން ނުގެންގުޅުއްވާ ކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އަސްލަމް އެފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރު ކުރައްވާ މެމްބަރު ކުރިމަތި ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ނ. މާފަރު އެއާޕޯޓާ ބެހޭ ގޮތުން މަނަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހާރޫން ރަޝީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ދިވެހިންގެ އެއާޕޯޓެއް އޮޕަރޭޓް ކުރުމުގެ މަސައްކަތް ބޭރުގެ ބަޔަކާ ހަވާލު ކުރުމަކީ ރައްޔިތުން ބިރުގަންނަ ކަމަކަށް ވާތީ، އެފަދަ ކަމެއް ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސިޔާސަތެއް ނޫން ކަމަށެވެ.
މީގެއިތުރުން އަސްލަމް ވިދާޅުވީ ސަރުކާރުގެ ސިޔާސަތު ތަކަކީ ގައުމަށް އަންނަ ބަދަލުތަކާއިއެކު ބަދަލުވާނެ އެއްޗެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް