އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ޝިކާރަ ކުރި މައްސަލަ ކުށްވެރިކޮށް، އެކަމުގައި އިހުމާލު ވާ މީހުންނާއި މެދު ފިޔަވަޅު އަޅަން ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ކުއްލި މައްސަލަ ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމެވެ.
މި މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައިވާއިރު އެ ކުއްޖާ ބަލިވެ އިން މައްސަލަ ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން އަންނަނީ ބަލަމުންނެވެ. ނަމަވެސް އެ ކުއްޖާ ކައިވެންޏެއް ކޮށްގެން އުޅޭކަން އަދި އެނގެން ނެތްކަމަށް އިއްޔެ ފުލުހުންނާއި ޖެންޑާއިން ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެއެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވާގޮތުގައި ގެއެއްގެ ކުދިންތަކެއް ސިއްހީ އަދި ތައުލީމީ ހިދުމަތްތަކުން މަހްރޫމުކޮށްފައިވާކަމުގެ ރިޕޯޓް 2018ގައި ލިބުމާއެކު އެކަން އަންނަނީ ވަރަށް ގާތުން ބަލަމުންނެވެ.
އެ އަންހެން ކުއްޖާގެ މައްސަލަ ފެންމަތިވެގެން ގޮސްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކަނޑުމަތީގައި ދޯންޏެއްގައި މީހަކު މަރާލަން ދިން ހަމަލާއަކުން މީހަކު ސަލާމަތްވެ އެމީހާ ފަތާފައި މާޅޮހަށް އެރި މައްސަލައިގެ ތެރެއިންނެވެ. ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލާފައިވާ އެމީހާގެ ވާހަކައާއެކު އެމީހާ އުޅެނީ 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކާ ކައިވެނިކޮށްގެން ކަމާއި އެ ކުއްޖާ އިނީ ބަލިވެ ކަމުގެ ވާހަކަތައް ދެކެވެން ފެށުނެވެ.
އިތުރު ތަފްސީލް އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް