ޖާބިރު ޑރ އިޔާޒަށް: ދިޔާނާ އަށް އުނދަގޫ ނުކުރައްވާ

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދަކީ ލާދިނީ މީހެއް ކަމަށް ބުނެ އެކަމަނާ އަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އުނދަގޫ ކުރެއްވުން ހުއް...

25 Nov 2019 | 06:11

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދަކީ ލާދިނީ މީހެއް ކަމަށް ބުނެ އެކަމަނާ އަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އުނދަގޫ ކުރެއްވުން ހުއްޓާލެއްވުމަށް ޖާބިރު އެދިވަޑައިގެންފިއެވެ.

13 އަހަރުގެ ކުއްޖަކަށް ޖިންސީ ޝިކާރަ ކުރި މައްސަލަ އާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް ހުށަހެޅުއްވި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ ޑރ އިޔާޒު ދިޔާނާ އުނދަގޫ ކުރެއްވުން ހުއްޓާލެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މީގެ އިތުރުން ޖާބިރު ވިދާޅުވީ ދިޔާނާ އަކީ ލާދީނީ ފިކުރު ގެންގުޅޭ ކަނބަލެއް ނޫން ކަމަށާއި އެކަމަނާގެ އާއިލާއަކީ ވެސް ވަރަށް ރަނގަޅަށް ދީނީ އިލްމު ލިބިވަޑައިގެންފައިވާ އާއިލާއެއް ކަމަށެވެ.

އެގޮތުން ދިޔާނާގެ މަންމާފުޅަކީ ކީރިތި ގުރުއާން ހިތުދަސް ބޭފުޅެއް ކަންވެސް ޖާބިރު ވަނީ ފާހަގަކުރައްވާފައެވެ. ޑރ އިޔާޒު މެން ފަދަ ދީނީ އިލްމު ލިބިވަޑައިގަންފައިވާ ބޭފުޅުން އިސްލާމްދީނޭ ކިޔައިގެން މީހުންގެ އަނބިންނަށް އުނދަގޫ ކުރުމަކީ ހަޑި ކަމެއް ކަން ވެސް ޖާބިރު ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް