މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން މަސައްކަތް ކުރާނެ އުސޫލު ނިންމާނީ ޕާޓީގައި މަޝްވަރާކޮށް މެންބަރުންގެ އަޣުލަބިއްޔަތުން ކަމަށް ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ނާޒިމް މިހެން ވިދާޅުވީ އެމްއެންޕީ ރަޖިސްޓްރީ ކުރުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
މި ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތް ނުކުރެއްވުމަށް ނިންމާފައިވާ ކަމަށާއި އެގޮތަށް ނިންމީ އަމިއްލަފުޅަށް ތަޖުރިބާގެ މައްޗަށް ކަމަށެވެ.
"އެ ހުރިހާ ވާހަކަތައް މިވަގުތު ތަފްސީލުކޮށްދެވޭކަށް ނެތް. ކުރިއަށް އޮތް ތަނުގައި ސިޔާސީ ގޮތުން ކުރަންޖެހޭ މަސައްކަތް ކުރުމުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނާއެކު މަސައްކަތް ކުރާނަން. އެކަމަކު ރައީސް ޔާމީނާއެކު މަސައްކަތް ނުކުރާނަން." ނާޒިމް ވިދާޅުވި އެވެ.
ނާޒިމް އިތުރަށް ވިދާޅުވީ އެމްއެންޕީން މަސައްކަތް ކުރާނީ ރައްޔިތުންނަށް ފައިދާ ކުރަނިވި ގޮތަށް ކަމަށެވެ.
އެޕާޓީގެ ވިސްނުން ހުރީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބު ކުރުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް