ހޯމް ސްޓޭ ތައާރަފްކުރެވިގެންދާއިރު ގިނަ އެއަރޕޯޓްތަކެއް ބޭނުންވޭ: މިނިސްޓަރ މައުސޫމް

ހޯމް ސްޓޭ ތައާރަފްކުރެވިގެންދާއިރު، ގިނަ އެއަރޕޯޓްތަކެއް އަދިވެސް ބޭނުންވާކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ. ދައުލަތުގެ މީޑިއާ އާ ވާހަކަ ދައްކަވަމުން މިނިސްޓަރ ވަނީ ރައީ...

25 Oct 2021 | 18:39

ހޯމް ސްޓޭ ތައާރަފްކުރެވިގެންދާއިރު، ގިނަ އެއަރޕޯޓްތަކެއް އަދިވެސް ބޭނުންވާކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ އާ ވާހަކަ ދައްކަވަމުން މިނިސްޓަރ ވަނީ ރައީސްގެ ސިޔާސަތަކީ މުޅި ރާއްޖެއަށް ޓޫރިޒަމް ފުޅާކުރުންކަން ފާހަގަކުރައްވާފަ އެވެ.

އަމިއްލަ ރަށުގައި އަނބިދަރިން ގާތު ހުރެގެން އާމްދަނީ ލިބޭނޭ ވަސީލަތްތަކާއި ވަޒީފާގެ ބާޒާރު އެގޮތަށް ބައްޓަން ކުރުމަށް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ނެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ މި ސިޔާސަތު ތަންފީޒު ކުރުމަށް މާދަމާ ބީލަމަށް ހުޅުވާލާ ރަށްތަކަކީ ވަރަށް ބޮޑު އުއްމީދެއް ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ސަރުކާރުން ނިންމާފައިވަނީ ޓޫރިޒަމަށް އާ ރަށްތައް ނެރޭއިރު ޓޫރިޒަމް ނެތް ސަރަހައްދުތަކަށް އިސްކަން ދިނުމަށް ކަމަށެވެ.

ދުބާއީގައި މިހާރުކުރިއަށްދާ އެކްސްޕޯގައި އިންވެސްޓްމަންޓް ފޯރަމްގެ އިތުރުން ރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުޞަތުތަކާއި ބެހޭގޮތުން ޚާއްޞަ ޕެނަލް ޑިސްކަޝަނެއްވެސް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

މި ޕެނަލްގައި ރާއްޖޭގެ ހަތަރު ވަޒީރުން ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް