ރާއްޖޭގެ ފަތުރުވެރިކަމަށް އަލަށް ދޫކުރާ ރަށްތައް އިޢުލާންކުރާނީ މާދަމާ އޮންނަ ދުބާއީ އެކްސްޕޯ ފޯރަމްގައި ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިކަން އިޢުލާން ކުރާނީ ދުބާއީގައި މިހާރުކުރިއަށްދާ ދުބާއީ އެކްސްޕޯ 2020ގައި ބާއްވާ ރާއްޖޭގެ އިންވެސްޓްމަންޓް ފޯރަމްގަ އެވެ.
ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މައުސޫމް އާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ އެރަށްތަކަށް ބިޑު ހުށައެޅުމުގެ މުއްދަތު އިތުރުކުރުމަށް ނިންމާފައިވާ ކަމަށާއި އިންވެސްޓަރުންނާއި ބޭންކުތަކަށް އެރަށްތައް ބަލާލުމުގެ ފުރުޞަތު ވެސް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
"ރާއްޖެއަށް މިދުވަސްވަރު އިންވެސްޓްމަންޓްތައް ވަރަށް މުހިންމު. އެހެންކަމުން ދުބާއީ އެކްސްޕޯއިން ހާސިލްކުރަން ބޭނުންވާ އެންމެ މުހިންމު އެއްކަމަކީ ރާއްޖެއަށް އިންވެސްޓްމަންޓްތައް ހޯދުމާއި ފަތުރުވެރިންގެ ޢަދަދު އިތުރުކުރުން." ޓޫރިޒަމް މިނިސްޓަރ ވިދާޅުވި ކަމަށް ރާއްޖޭގެ ބައެއް ނޫސްތަކުގައި ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް